Roadha Mihaaru
ބަރުލަމާނީ ނިޒާމަކީ އެންމެ ރަނގަޅު ނިޒާމް: ނަޝީދު

ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ އެންމެ ރަނގަޅު ނިޒާމަށް ވީމަ: ނަޝީދު

08 ޑިސެމްބަރ 2019

ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ އެއީ ވެރިކަން ހިންގަން އެންމެ ސައްހަ އަދި ރަނގަޅު ނިޒާމަށް ވާތީ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ އެއީ ވެރިކަން ހިންގަން އެންމެ ސައްހަ އަދި ރަނގަޅު ނިޒާމަށް ވާތީ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އާސްކް ސްޕީކަ" ޕްރޮގްރާމްގައި އާންމުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ތާއީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މަދަރުސީ ދައުރުން ފެށިގެން އަޅުގަނޑު އެކަން ދެކޭ ގޮތް އެއީ. އެކަން އެގޮތަށް ބަދަލުކުރާނީ ރާއްޖޭގެ ރައްޔިތުން. އަޅުގަނޑު ހަމަގައިމުވެސް އެކަމާ އުޅޭނީ މުޅި އެމްޑީޕީން އެކަމާ އުޅެން ބޭނުންވީމަ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ:  އާންމުންގެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ: އާންމުންގެ ގިނަ ބަޔަކު ކުރި އެއް ސުވާލަކީ ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން.--- ފޮޓޯ: މަޖިލިސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތްޕުޅުގައި އުޅުއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެގޮތަށް ބޭނުންފުޅު ވުމުންނެވެ.

ނަޝީދު އެގޮތަށް ވިދާޅުވި އިރު، ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، ބޮޑުވަޒީރު ކަމަށް ނަޝީދު ވަޑައިގަންނަވަން އުޅުއްވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ތުހުމަތު ކުރި އެވެ. އަދި މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި އެމްޑީޕީގެ ވަކި ބަޔަކު ނުކުމެ ކުރަން އުޅޭ ބާވަތުގެ ކަމެއް ނޫން މިކަމަކީ. އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ އެންމެންނަށް އެކީގައި އެކަންކަން ކުރެވޭ ގޮތަށް ތަރުތީބުވެގެން އައިސްގެން،" ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ވޯޓެއް ނަގަން ފެނޭތޯ އާއި އެ ނިޒާމު ބަދަލުކުރަން މަސައްކަތް ނުފަށަނީތޯ ކުރި ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ހަމަޖެހުން އޮތީ ބަރުލަމާނީ ނިޒާމެއް އޮވެގެން.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ހަމަޖެހުން އޮތީ ބަރުލަމާނީ ނިޒާމެއް އޮވެގެން.--- ފޮޓޯ: މަޖިލިސް

ބޮޑުވަޒީރަކަށް ވަޑައިގެންފާނެތޯ މީހަކު ކުރި ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، އަދި މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ، އެގޮތަށް ވާނެ ކަމަށެވެ.

"ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އިންތިހާބަށް އަޅުގަނޑު ކުރިމަތިލާ ކަމަށްވާ ނަމަ، އަދި އަޅުގަނޑަކީ މެޖޯރިޓީ ޕާޓީގެ ލީޑަރު ކަމަށްވަނީ ނަމަ، އަޅުގަނޑު ވާނީ ބޮޑުވަޒީރަކަށް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.