Roadha Mihaaru
ފެކްޝަން ކޯޅުން ހޫނުވެ ރައީސްގެ އިސްތިއުފާއަށް ގޮވައިފި

އެމްޑީޕީގެ ދެ ފެކްޝަން ތަޅުމުގައި ކޯޅުމަކަށް ގޮސް އެންމެ ފަހުން ރައީސްގެ އިސްތިއުފާ އަށް ގޮވައިފި

08 ޖުލައި 2021

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަަހެޅި ބިލުގެ މައްސަލާގައި އެމްޑީޕީގެ ދެ ފެކްޝަނުން މަޖިލީހުގެ ތަޅުމުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިސްލާމް ދީނުގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަަހެޅި ބިލުގެ މައްސަލާގައި އެމްޑީޕީގެ ދެ ފެކްޝަނުން މަޖިލީހުގެ ތަޅުމުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެެ.

ނަފުރަތު އުފެއްދުން ޖިނާއީ ކުށަކަށް ހެދުމަށްޓަކައި ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކުރި އިރު އެ ބިލު އޮތީ އެންމެ ފަހު މަރުހަލާގަ އެވެ. ނަމަވެސް އެ ބިލް ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމައި ތަޅުމަށް ހުށަހަޅާފައި ވަނިކޮށް އެންމެ ފަހު ވަގުތު ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވައިލަން ނިންމައިފަ އެވެ.

ނަމަވެސް ބިލު ދިރާސާކުރި ކޮމިޓީގެ ރިޕޯޓު ހުށަހަޅަން ތައްޔާރު ވެފައި ވަނިކޮށް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ތާއީދު ކުރެއްވި ހުށަހެޅުން ފާސްވުމުން ޕާލަމެންޓްރީ ގުރޫޕުން ނިންމީ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށެވެ.

ހަމަ އެމީހަކާ އެމީހެއް ދެން އޮންނާނީ. ވަރަށް މިނިވަންކޮށް އުޅެލާހިތްވޭ އަޅުގަނޑުވެސް. ފަސްދޮޅަސް ފަހެއްގެ ތެރޭގައި މިހެން ހުރެ ހުރެ މީހާ ހަލާކުވެއްޖެ. މިހާރު މަގުމައްޗަށް ނުކުމެވެން ނެތް މީހުން ގޮވާ އެއްޗިހިން: ވައްޑެ

އެ މައްސަލައިގައި އަރައިރުން އުފެދުނީ އެ ބިލް މަޖިލީހުން ބޭރުކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ބޭފުޅުން ވާހަކަ ދެއްކެވުމުންނެވެ. ރައީސްގެ ފެކްޝަންގެ ބޭފުޅުން ބޮޑަށް ބާރު އެޅުއްވީ ބިލް މަޖިލީހުން ބޭރުކޮށްލުމަށެވެ. ނަމަވެސް ބިލު އަލުން ކޮމިޓީއަށް ފޮނުވުމާ މެދު ދެ ފެކްޝަނުގެ ހިލާފެއް ނެތެވެ.

ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލު ސަރުކާރުން ދިފާއުކޮށް ނުދިން ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ސަރުކާރުން ބިލު ފޮނުވާފައި، ބިލު ސްޕޮންސާ ކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހަވަރަށް ދޭ އުސޫލުން ކަންތައް ކޮށްފައިވާ ކަމަށެވެ.

"ކުށްވެރިކުރަން އަޅުގަނޑު އެ ކަންތައް. ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވަން، ހިތްވަރު ނެތިއްޔާ ނުކުރާނީ މި ކަހަލަ ކަންކަން. ހަމަ ނެއްޓިލާފައި ހިސާނުގެ ބިލު،" އޭނާ ވިދާޅުވި އެވެ.

ވައްޑޭ ވިދާޅުވިގޮތުގައި، ސަރުކާރުން ފޮނުވާ ބިލުތައް އެއީ ސަރުކާރުގެ ބިިލުކަން ކަނޑައެޅޭނެ އުސޫލެއް ކަނޑައަޅަން ޖެހެ އެވެ. އެކަން މިހާރު ވަރަށް ރީއްޗަށް ކަނޑަ އެޅިއްޖެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"ހަމަ އެ މީހަކާ އެ މީހެއް ދެން އޮންނާނީ. ވަރަށް މިނިވަންކޮށް އުޅެލާ ހިތްވޭ އަޅުގަނޑު ވެސް. ފަސްދޮޅަސް ފަހެއްގެ ތެރޭގައި [ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު] މިހެން ހުރެހުރެ މީހާ ހަލާކުވެއްޖެ މިހާރު. މަގުމައްޗަށް ނުކުމެވެން ނެތް މީހުން ގޮވާ އެއްޗިހިން،" ވައްޑެ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފުރަތު ހުއްޓުވާ ބިލް ދިފާއު ނުކުރުމުން އޭނާ މިއަދު ސަަެރުކާރަށް ފާޑުވިދާޅުވި. މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ނަފުރަތު ހުއްޓުވާ ބިލް ދިފާއު ނުކުރުމުން އޭނާ މިއަދު ސަަެރުކާރަށް ފާޑުވިދާޅުވި. މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އެމްޑީޕީން އިންތިހާބުތައް ކާމިޔާބުކުރީ ދީނާ ގުޅުވައިގެން އުފެއްދި ނަފުރަތުގެ ތެރެއިން، މަރާލާފައިވާ އެތައް ބަޔަކަށް އިންސާފު ހޯދައިދޭން ވައުދުވެގެން ކަމަށެވެ. އެ ގޮތަށް މަރާލާފައިވާ އެކި މީސްމީހުންގެ ނަންތައް ވިދާޅުވުމަށް ފަހު، އޭނާ ވިދާޅުވީ މި ބިލު "އޮޅައިލުމަށް ފަހު" އެމްޑީޕީން ދެން އެ މީހުންގެ ވާހަަކަ ދައްކަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ އާއިލާގެ ވާހަކަ ވެސް ބިލު "އޮޅައިލުމަށް" ފަހު ދެން ދައްކައިގެން ނުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، މި ބިލު އޮޅައިލުމަށް ފަހު ފަސްދޮޅަސް ފަހެކޭ މިކިޔާ ފިނޑި، ފިނޑި ސުޕަ މެޖޯރިޓީ ޑރ. އަފްރާޝީމްގެ އާއިލާއޭ ކިޔައިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އެމްޑީޕީގެ ޕީޖީ ގްރޫޕަށް އޭނާ ފާޑުވިދާޅުވި

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އެމްޑީޕީގެ ޕީޖީ ގްރޫޕަށް އޭނާ ފާޑުވިދާޅުވި

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން އެ ބިލު މަޖިލީހަށް ފޮނުވީ މަޖިލީހުގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފޯކަސް ގެއްލުވައިލުމަށެވެ. " އެ ދަލުގައި" ގައުމު ވަރަށް ރަނގަޅަށް ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސް އަވަހާރަކޮށްލަން ބޮން ގޮއްވާލީ. އެ އަށް ވުރެ ބޮޑު ކަމެއް ނުކުރޭ. އެއީ ޕާލަމެންޓަށް ދިން ހަމަލާއެއް. ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށް ދިން ހަމަލާއެއް. އެ ހުރިހާ ހަމަލާއެއް ދީފައި އެ ފޯކަސް އަނބުރައިލަނީ ހަމަ އެންމެ ދިމާލަކަށް. އަޅުގަނޑު އެދެން ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން،" ބޮންޑޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ނަފުރަތު ހުއްޓުވާ ބިލު ސަރުކާރުން ދިފާއުނުކުރުމުން ރައީސްގެ އިސްތިއުފާއަށް ބޮންޑޭ ގޮވައިލެއްވި.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. ނަފުރަތު ހުއްޓުވާ ބިލު ސަރުކާރުން ދިފާއުނުކުރުމުން ރައީސްގެ އިސްތިއުފާއަށް ބޮންޑޭ ގޮވައިލެއްވި.

އޭނާ ވިދާޅުވީ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވަައިލައްވަނީ އެ މަނިކުފާނުގެ އެހާ "ގަޓެއް" ނެތުމުން ކަމަށެވެ.

ބިލު މިއަދު ފާސްކުރެވޭ ގޮތް ނުވުމުން، ނަޝީދުގެ ފެކްޝަނުްގެ މެމްބަރުން ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކެވި ފަހުން ވެސް ރައީސަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ގޮވައިލެއްވީ ބިލު މަޖިލީހުން ބޭރުކުރުމަށެވެ. އެގޮތަށް ގޮވައިލެއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފެވެ.

ސަނީފު އެގޮތަށް ވާހަކަ ދެއްކެވުމުން ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ސަނީފު ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅާފައި އޮތީ ބިލު އަލުން ކޮމިޓީ އަށް ގެންދިއުމަށް ކަމަށާއި އެކަމަށް ތާއީދު ވެސް ލިބިފައިވާ ކަމަށެވެ،