Roadha Mihaaru
ވަޓްސްއެޕް، އިންސްޓާގްރާމް، ފޭސްބުކް އެއްކުރަން ދަތި

ވަޓްސްއެޕާއި ފޭސްބުކް އަދި އިންސްޓާގްރާމް އެއްކޮށްލެވޭކަށް ނެތް

16 ޑިސެމްބަރ 2019

ވަޓްސްއެޕް، އިންސްޓާގްރާމް އަދި މެސެންޖާ އެއްކޮށްލުމަށް ފޭސްބުކް އޮތީ ކެތްމަދުވެފަ އެވެ. ނަމަވެސް، މިއީ ކުރެވިދާނެ ކަމެއް ކަމަކަށް ނުފެ އެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ މި ކަމުގެ ތެރެ އަށް ވަރަށް ބޮޑަށް ވަދެފަ އެވެ. މިއީ އެ ކޮމިޝަނުން އެއްގޮތަކަށް ވެސް ކުރަން ހުއްދަދީފާނެ ބާވަތުގެ ކަމެއް ނޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަޓްސްއެޕް، އިންސްޓާގްރާމް އަދި މެސެންޖާ އެއްކޮށްލުމަށް ފޭސްބުކް އޮތީ ކެތްމަދުވެފަ އެވެ. ނަމަވެސް، މިއީ ކުރެވިދާނެ ކަމެއް ކަމަކަށް ނުފެ އެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ މި ކަމުގެ ތެރެ އަށް ވަރަށް ބޮޑަށް ވަދެފަ އެވެ. މިއީ އެ ކޮމިޝަނުން އެއްގޮތަކަށް ވެސް ކުރަން ހުއްދަދީފާނެ ބާވަތުގެ ކަމެއް ނޫނެވެ.

ފެޑެރަލް ޓްރޭޑް ކޮމިޝަނުން ދެކޭ ގޮތުގައި ފޭސްބުކް މިހާރު ވެސް އޮތީ ކުށްވެރިވެފަ އެވެ. ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން މީހުންގެ ފަރުދީ މައުލޫމާތު، އެހެނިހެން ކުންފުނިތަކާ ހިއްސާކުރުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. މިކަން މި ގޮތަށް އޮއްވައި، އިތުރު އެހެން މައިދާންތަކެއްގައި ޝާމިލުވެ ތިބި ބައެއްގެ ފަރުދީ ރައްކާތެރިކަން ގެއްލިދާނެ ފަދަ އަމަލެއް ފޭސްބުކުން ހިންގަން ހުއްދަދޭނެ ކަމަކަށް ނުފެނެ އެވެ.

ފޭސްބުކުން ކުރަން އުޅޭ ކަމަކީ، އެ ކުންފުނީގެ ކުޑައިގެ ދަށުން ހިންގާ ވަކިވަކި އެޕްލިކޭޝަންތަކެއް، އެއްކޮށްލުމެވެ. މިއީ ވިޔަފާރީގައި ވާދަވެރިންނަށް ފުރުސަތު ހަނިވާނެ އަމަލެއް ކަމަށް ފެޑެރަލް ޓްރޭޑް ކޮމިޝަނުން ދެކެ އެވެ.

ދުނިޔޭގެ ސޯޝަލް މީޑިއާ މާކެޓަށް ބަލާއިރު، ފޭސްބުކުން 66 ޕަސެންޓް ކޮންޓްރޯލްކުރެ އެވެ. މި ފަދަ ބާރުވެރިކަމެއްގައި، ހަގީގަތުގައި ބާކީ ތިބި ވާދަވެރިން އެއްކޮށްލި ނަމަވެސް، ފޭސްބުކަށް އޮތް ހައިސިއްޔަތަށް ފަނޑުކަމެއް ނާންނާނެ އެވެ.

ވަޓްސްއެޕް، އިންސްޓާގްރާމް އަދި މެސެންޖާ އެއްކޮލައި މިއީ ފޭސްބުކް އަށް ލިބިފައި ހުރި މުދާތަކެއް ގޮތުގައި ދެއްކުމަށް ދާދި ފަހުން ވަނީ ނަންތައް ލޭބަލްކުރުމުގައި އެއް ސިފައެއް ޖައްސާފަ އެެވެ. މިއީ ވެސް މި އެއްޕްލިކޭޝަންތައް އެއްކޮލުމަށް ފަސޭހަކުރުމަށް ކުރި ކަމެއް ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ. މިކަމުގައި ފޭސްބުކް އަށް މަސްލަހަތަށް ބަލާއިރު މިކަން ހުއްޓުވުމަކީ ފެޑެރަލް ޓްރޭޑް ކޮމިޝަން އަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް ބުނެ އެވެ.