Roadha Mihaaru
އެއްމިލިއަން ފޯނު ވިކުނުކަމަށް ބުނީ އޮޅުމަކުން

ސެމްސަންގުން އެއް މިލިއަން ގެލަކްސީ ފޯލްޑް ވިއްކި ކަމަށް ބުނީ އޮޅުމަކުން

17 ޑިސެމްބަރ 2019

ސެމްސަންގް ގެލަކްސީ ފޯލްޑް މާކެޓަށް ނެރުނީ ފޯނާ މެދު މާ ބޮޑު އިތުބާރެއް އޮވެގެނެއް ނޫނެވެ. ފަތްޖެހި ފޯނެއް އުފެއްދުމަކީ ސަމްސަންގުން ކުރި ވައުދަކަށް ވާތީ، ފޯނެއް އުފެއްދީ އެވެ. ފަތްޖެހި ފޯނުގެ މާކެޓަށް ވާދަވެރިން ވެސް ދަހިވެތިވެ ތިބިތީ، އެންމެ ފުރަތަމަ ފަތްޖެހި ފޯނެއް އުފެއްދި ބަޔަކީ ތިމަންނަމެން ކަމަށް ބުނުމަށް ފޯނެއް ނެރުނީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް ގެލަކްސީ ފޯލްޑް މާކެޓަށް ނެރުނީ ފޯނާ މެދު މާ ބޮޑު އިތުބާރެއް އޮވެގެނެއް ނޫނެވެ. ފަތްޖެހި ފޯނެއް އުފެއްދުމަކީ ސަމްސަންގުން ކުރި ވައުދަކަށް ވާތީ، ފޯނެއް އުފެއްދީ އެވެ. ފަތްޖެހި ފޯނުގެ މާކެޓަށް ވާދަވެރިން ވެސް ދަހިވެތިވެ ތިބިތީ، އެންމެ ފުރަތަމަ ފަތްޖެހި ފޯނެއް އުފެއްދި ބަޔަކީ ތިމަންނަމެން ކަމަށް ބުނުމަށް ފޯނެއް ނެރުނީ އެވެ.

ފަތްޖެހި ފޯނާ މެދު ސެމްސަންގުން އަދިވެސް ހިތްހަމައެއް ނުޖެހެ އެވެ. ފޯނު ފަތްޖެހުމުގައި، ދެ ޑިސްޕްލޭ ލަންބާލަން ބޭނުންކުރަން އެންމެ ރަނގަޅު ހުޅުފަތެއް އަދި ވެސް ނުއުފެއްދެ އެވެ. މި ނޫން ގޮތެއްގައި، ސެމްސަންގަށް ތަޖުރިބާކުރެވިފައި ވަނީ ޑިސްޕްލޭ ބިންދައިގެން ދިއުމެވެ.

ސެމްސަންގް ގެލަކްސީ ފޯލްޑް އަކީ ބޮޑު މައްސަލަގަނޑަކަށް ވެފައި އޮއްވައި، އެއް މިލިއަން ގެލަކްސީ ފޯލްޑް ވިކިއްޖެ ކަމަށް ބުނުމުން، އެކަން ހިނގައި ދިޔަ ގޮތް ބަލަން މާކެޓް ދިރާސާކުރާ މީހުން ތެޅިފޮޅިގަތެވެ. އެއްމިލިއަން ގެލަކްސީ ފޯޑް ވިކުނު ކަމަށް ވިދާޅުވީ ސެމްސަންގް އިލެކްޓްރޯނިކްސްގެ ރައީސް، ޔަންގް ސޯން އެވެ.

މަޝްހޫރު ކުންފުނިތަކުން ޑިވައިސްތައް އުފެއްދުމުގެ މަރުހަލާގައި، އެ އާލާތްތައް ވިކޭނެ އަދަދު އަންދާޒާކުރެ އެވެ. ސެމްސަންގަށް ވީ ގޮތަކީ މި އެވެ. ގެލަކްސީ ފޯލްޑް ޑިޒައިންކުރަމުން ދިއައިރު، އެއް ޝޮޓުން އެއް މިލިއަން ފޯނު ވިކޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ އަދަދު ހާސިލެއް ނުކުރެވުނެވެ.

ސެމްސަންގް އިލެކްޓްރޯނިކްސްގެ ރައީސް އެހެން ވިދާލުވި ނަމަވެސް، އެ ކުންފުނީގެ އޮފިޝަލަކު ވަނީ މިކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދީފަ އެވެ. އޭނާ ބުނީ އެ އަދަދަށް ގެލަކްސީ ފޯލްޑް ވިއްކޭނެ ކަމަށް ހީކުރެވުނު ކަމަށެވެ. އެކަމަކު އެކަމެއް ނުވި އެވެ.

ސެމްސަންގަށް އެއް މިލިއަން ގެލަކްސީ ފޯލްޑް ވިއްކުނު ހަމަ ހާދާހާ މުއްސަނދިވީހެވެ. ގެލަކްސީ ފޯލްޑެއްގައި އަސާސީ އަގަކީ 2،000 ޑޮލަރެވެ. މި ވަރުން ސެމްސަންގަށް ޓެސްލާއާ ވާދަކުރެވޭ ވަރުގެ ރޮކެޓް ކުންފުންޏެއް ބިނާކުރެވޭނެ އެވެ.

އެއް މިލިއަން ފަތްޖެހި ފޯނު ވިއްކުމަކީ އަދި ވެސް ސެމްސަންގުން ކުރަން ބޭނުން ކަމެކެވެ. އެހެންވެ، މިހާރު ބުނަނީ ފަތްޖެހި ފޯނަށް ގެންނަން ހުރި ހެޔޮ ބަދަލުތަކާ އެކު 2020 ގައި އެއް މިލިއަން ފޯނު ވިއްކާނެ ކަމަށެވެ.