Roadha Mihaaru
ނޯޓް 20 އަލްޓްރާ: އަދި ދައްކާލެވެން އޮތީ ފޮޓޯއެއް

ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާ: އަދި ދައްކާލެވެން އޮތީ ފޮޓޯއެއް

03 ޖުލައި 2020

މިއީ ސެމްސަންގް ގެލަކްސީ ނޯޓް 20 އޮންނާނެ ގޮތެވެ. މިއީ ގެލަކްސީ ނޯޓް 20 އަލްޓްރާ ސިފަކުރެވޭ ގޮތެވެ. މަޝްހޫރު ފޯނުތަކުގެ ޑިޒައިނާ ބެހޭ ގޮތުން، ފޯނުތައް އުފައްދާ ކުންފުނިތަކުން އެއްޗެއް ބުނުމުގެ ކުރިން، ސަޕޯޓަރުން އޮންނަނީ އެ މީހުންގެ ސިކުނޑީގައި ފޯނުތައް ކުރަހައި ނިންމައިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މިއީ ސެމްސަންގް ގެލަކްސީ ނޯޓް 20 އޮންނާނެ ގޮތެވެ. މިއީ ގެލަކްސީ ނޯޓް 20 އަލްޓްރާ ސިފަކުރެވޭ ގޮތެވެ. މަޝްހޫރު ފޯނުތަކުގެ ޑިޒައިނާ ބެހޭ ގޮތުން، ފޯނުތައް އުފައްދާ ކުންފުނިތަކުން އެއްޗެއް ބުނުމުގެ ކުރިން، ސަޕޯޓަރުން އޮންނަނީ އެ މީހުންގެ ސިކުނޑީގައި ފޯނުތައް ކުރަހައި ނިންމައިފަ އެވެ.

ގެލަކްސީ ނޯޓް 20 ގައި، ވަފާތެރިން ބޭނުން ސިފައެއް ޖައްސަން ދިން ވަގުތުގައި، ގެލަކްސީ ނޯޓް 20 އަލްޓްރާ އޮންނާނެ ގޮތް ސެމްސަންގް އަމިއްލަ ވެބްސައިޓްގައި ވެސް މިހާރު ވަނީ ކުރަހައިފަ އެވެ. އަސްލު ފޯނުގައި އަތްޖައްސާލަން އަދި ނުލިބުނަސް، ފޮޓޯ އަށް ބަލައިލާށެވެ. މިވަރުން މި ވަގުތަށް ހިތްހަމަޖައްސާލާނީ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާ: މިއީ މި ފޯނު އޮންނާނެ ސިފަކޮށް ސެމްސަންގް އަމިއްލަ ވެބްސައިޓްގައި ޖަހާފައި ހުރި ފޮޓޯއެއް

ސެމްސަންގް ގެލަކްސީ ނޯޓް 20 އަލްޓްރާ: މިއީ މި ފޯނު އޮންނާނެ ސިފަކޮށް ސެމްސަންގް އަމިއްލަ ވެބްސައިޓްގައި ޖަހާފައި ހުރި ފޮޓޯއެއް

ސެމްސަންގް ގެލަކްސީ މަރުކާގެ ފޯނުތަކުގެ ޑިޒައިން ފެންނަނީ ދާދި އެއްގޮތަކަށެވެ. މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ބުނާ ގެލަކްސީ ނޯޓް 20 ގައި ވެސް މާބޮޑު ތަފާތުތަކެއް ހުރިހެން ހިއެއް ނުވެ އެވެ. ބަލާބެމުށް ހީވަނީ މި އަހަރުގެ ކުރީކޮޅު ނެރުނު "ގެލަކްސީ އެސް 20 އަލްޓްރާ"ހެންނެވެ. ފޯނުގެ ފަހަތުގައި ފަރަގުތަކެއް ނެތެވެ. ކެމެރާތައް އެއްގޮތެވެ. މިއީ ފަހަރެއްގައި މި ފޮޓޯއިން ސިފަކުރެވޭ ގޮތް ކަމަށް ވެސް ވެދާނެ އެވެ.

ސްމާޓްފޯން ކުންފުނިތަކުން ފޯނުތައް އިސްތިހާރުކުރުމުގައި ބޮޑެތި އޮޅުންތައް އަރާ ކަމަށް ވެސް ހަދަ އެވެ. މިސާލަކަށް އެހެން ފޯނެއްގެ އިސްތިހާރެއްގައި، އެހެން ފޯނެއްގެ ފޮޓޯ ހަރުކުރުން އަދި ކަމާ ނުބެހޭ މީހުން ލައްވައި ފޯނުތަކާ ބެހޭ ގޮތުން ވާހަކަދައްކައި، ޓްވީޓްކުރުވަ އެވެ. ގެލަކްސީ ނޯޓް 20 އަލްޓްރާގެ ފޮޓޯ ވެސް ލީކްވެފައި ވަނީ އެހެން އުފެއްދުމެއް ދައްކާލަން އުޅެނިކޮށް ކަމަށް ވެ އެވެ.

ސެމްސަންގް އުފެއްދުންތަކާ ބެހޭ ގޮތުްން އެނގޭ މީހުން ބުނާ ގޮތުގައި، ގެލަކްސީ ނޯޓް 20 ގައި "ރަތު ލޯ" ކުލަގައި ފޯނެއް ހިމެނެ އެވެ. އުފެއްދުންތައް ހުންނާނެ ގޮތާ ބެހޭ ގޮތުން ޓްވީޓްކޮށް އަަދި އެ ބުނުން ދިމާކުރުމަށް މަޝްހޫރު މީހުން ބުނާ ގޮތުން، ގެލަކްސީ ނޯޓް 20 އަލްޓްރާ މި ލިޔުމުގައި އެ ފެންނަނީ ހަމަ އަސްލު ފޯނު އޮންނާނެ ގޮތެވެ.