މި އަހަރު ވެސް ވަރަށް ކުލަ ގަދަކޮށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އާ އަހަރު ފާހަގަކުރާނެ އެވެ. އާއިލާ އާއި ރައްޓެހިންނާ އެކު، 2020 ވަނަ އަހަރު ފެށޭ ހާއްސަ ވަގުތުގައި ހިތްގައިމު ވަގުތުތަކެއް ހޭދަކޮށްލުމަށް ޕެރެޑައިސް އައިލެންޑުން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ.
24 ޑިސެމްބަރ 2019
މި އަހަރު ވެސް ވަރަށް ކުލަ ގަދަކޮށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި އާ އަހަރު ފާހަގަކުރާނެ އެވެ. އާއިލާ އާއި ރައްޓެހިންނާ އެކު، 2020 ވަނަ އަހަރު ފެށޭ ހާއްސަ ވަގުތުގައި ހިތްގައިމު ވަގުތުތަކެއް ހޭދަކޮށްލުމަށް ޕެރެޑައިސް އައިލެންޑުން ވަނީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ.
"މެކްސިކަން ފިއެސްޓާ 2020" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ގާލާ ޑިނާ އަކާއި ބޮޑު ޕާޓީއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. ގާލާ ޑިނާ އަށް އެކަނި ދާނަމަ 98 ޑޮލަރު ދައްކަން ޖެހޭ އިރު ނިއު އިޔާ ޕާޓީގައި އެކަނި ބައިވެރިވުމަށް 99 ޑޮލަރު ބޭނުންވާނެ އެވެ. އެހެން ނަމަވެސް ގާލާ ޑިނާ އާއި ޕާޓީގައި ބައިވެރިވާ ނަމަ ހާއްސަ ޑިސްކައުންޓަކާ އެކު 155 ޑޮލަރަށް އެކަން ވާނެ އެވެ.
އަލިފާނުގެ ކުޅުވަރުތައް-- ފޮޓޯ: ޕެރެޑައިސް
ޕެރެޑައިސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމު ވިދާޅުވީ، މިހާ ކުލަގަދަކޮށް، ބޭރުން މީހުންނަށް ގޮސް އާ އަހަރު ފާހަގަކުރެވޭ ގޮތަށް މި ހަރަކާތް ކުރިއަށްގެންދާތާ މިއީ ހަތަރު ވަނަ އަހަރު ކަމަށާއި މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
"މިދިޔަ އަހަރު ވެސް 1،500 މީހުން ބައިވެރި. މި އަހަރު އެއަށްވުރެ އިތުރު ވާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
މެކްސިކަން ތީމަށް ކުރިއަށްގެންދާ މި ހަރަކާތުގައި ތަފާތު އެތައް ބާވަތެއްގެ ކެއުން އޮންނާނެ އެވެ. އޭގެ ތެރޭގައި އިޓާލިއަން، ތައި، މެކްސިކަން، ޖަޕަނީސް އާއި ލޯކަލް ކުޒީންތައް ގަލާ ޑިނާގައި ލިބެން ހުންނާނެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ގާލާ ޑިނާގެ ބުފޭ-- ފޮޓޯ:ޕެރެޑައިސް
ޑިނާއަށް އޮންނަ ޕާޓީގައި ލައިވް މިއުޒިކާއި ނެށުމުގެ ހަރަކާތްތަކާއި ފަޔާ ޑާންސް އާއި ޑީޖޭގެ އިތުރުން ހަވާ އެރުވުން އޮންނާނެ އެވެ. އާއަހަރުގެ ކައުންޑައުން ހަރަކާތްތައް ވެސް ވަރަށް ތަފާތުކޮށް ކުރިއަށްގެންދާނެ ކަމަށް ގައިސަރު ވިދާޅުވި އެވެ.
މެކްސިކަން ފިއެސްޓާ 2020 ގެ ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ހަފްލާގައި ބައިވެރިވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން އެ ރިސޯޓުގައި ހިލޭ ޗުއްޓީ ހޭދަކޮށްލަން ފުރުސަތު ލިބޭނެ އެވެ.
އާ އަހަރުގެ ހަރަކާތްތަކުގައި ބައިވެރިވަން ބޭނުންވާ މީހުން ޕެރެޑައިސް އައިލެންޑްގެ ނަންބަރު 7776100 އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ރިސޯޓުން އެދެ އެވެ. އާ އަހަރުގެ ކުލަ ގަދަ ރަސްމިއްޔާތަށް ފަހުގައި މާލެ އަންނަ މީހުންނަށް އެކަމުގެ އިންތިޒާމުތައް ވެސް ޕެރެޑައިސުން ހަމަޖައްސައިދޭނެ އެވެ.
އާ އަހަރު ފާހަގަކުރުމަށް ޚާއްސަ ޝޯއެއް
ރިސޯޓްތަކާއި އެއާޕޯޓަށް ބާރު ބޮޑުވެއްޖެ
ފޯރިގަދަ ޝޯއަކުން އާ އަހަރަށް ދިވެހިން ހެއްވާލައިފި
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށް، ގެސްޓުހައުސްތައް ފުލް
ޓްރެފިކް ބާރު ބޮޑު ދެ ދުވަހަށް ތައްޔާރު: އެމްއޭސީއެލް
މަދު ރިސޯޓްތަކެއް ރަނގަޅު، އެކަމަކު ކަންބޮޑުވުންތަކެއް
ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ
މިއީ އެންމެ ބޮޑު ގެއްލުން ލިބޭ ފަހަރަށް ވާނެ:ގައިސަރު