25 ޑިސެމްބަރ 2019
"ކްރިސްމަސް ހަދިޔާއެއް" ދޭނެ ކަމަށް (އެމެރިކާއަށް ސިހުމެއް ދޭނެ ކަމަށް) ބުނެ އުުތުރު ކޮރެއާއިން ދިން އިންޒާރަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
"ކްރިސްމަސް ހަދިޔާއެއް" ދޭނެ ކަމަށް (އެމެރިކާއަށް ސިހުމެއް ދޭނެ ކަމަށް) ބުނެ އުުތުރު ކޮރެއާއިން ދިން އިންޒާރަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާއިން ދޭ "ކްރިސްމަސް ހަދިޔާ"އާ މެދު އެމެރިކާއިން މުއާމަލާތްކުރާނީ ކާމިޔާބުކަމާ އެކު ކަމަށެވެ.
ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވި އިރު ،"ކްރިސްމަސް ހަދިޔާއެއް" ކަމަށް އުތުރުކޮރެއާއިން ބުނެފައި އެވަނީ މިސައިލް ޓެސްޓްް ކުރުމަކަށް ކަމަށް ވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަދި އެ ގައުމުގެ ބައިވެރިންނާ މެދު ނުތަނަވަސްކަން އުފެދުމުން ޗައިނާއިން އެމެރިކާއަށް ގޮވާލީ އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުން އާއި އެމެެރިކާގެ ރައީސް ޓްރަމްޕް މިދިޔަ އަހަރު ބޭއްވެވި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަންތައްތައް އަވަހަށް ތަންފީޒުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ.
ޗައިނާއަކީ ބޮޑެތި ގައުމުތަކުގެ ތެރެއިން އުތުރު ކޮރެއާއަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ޓްވިޓާ މެދުވެރިކޮށް އެމެރިކާއަށް ގޮވާލާފައި ވަަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއަ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުމަށްޓަކައި ދާއިމީ ސުލްހަ ގާއިމްކުރެވޭ ފަދަ މަގު ޗާޓެއްގެ މަސައްކަތް ކުރުމަށެވެ.
އެމެރިކާއަށް "ކްރިސްމަސް ހަދިޔާއެއް" ދޭނެ ކަމަށް އުުތުރު ކޮރެއިން މިމަހު އިންޒާރުކުރީ ނިއުކްލިއަ ހަތިޔާރު ނައްތައިލުމާ މެދު މަޝްވަރާކުރަން މި އަހަރު ނިމުމުގެ ކުރިން އާ ހުށަހެޅުންތަކެއް ހުށަހަޅަން ކިމް ގޮވާލެއްވި ގޮވާލެއްވުމަށް ފަހުގަ އެވެ.
"އަޅުގަނޑުމެން ހޯދާނަން އެ ސަޕްރައިޒް އަކީ ކޮން ކަމެއްކަން، އަދި އެކަމަކާ މެދު ކާމިޔާބުކަމާ އެކު މުއާމަލާތް ކުރާނަން،" ޓްރަމްޕްގެ އަމިއްލަ މާރާ ލާގޯ ރިސޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
"ވެދާނެ އެއީ ރަނގަޅު ހަދިޔާއަކަށް ވެސް، މިސައިލް ޓެސްޓެއްގެ ބަދަލުގައި އޭނާ [ކިމް] އަޅުގަނޑަށް ފޮނުއްވަފާނެ ރީތި މާވަށިގަނޑެއް ވެސް،" ޓްރަމްޕް ވިދާޅުވި އެވެ.
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
އުތުރު ކޮރެއާގެ ބެލެސްޓިކް މިސައިލެއް ޖަޕާނުގެ މަތިން
ދެކުނު ކޮރެއާ އާއި އެމެރިކާގެ ރައްދު މިސައިލްތަކުން
ދެ ކޮރެއާގެ ހޮޓްލައިން އަލުން އިއާދަކުރަނީ
ކުޑަ އޮޅުމެއް: ހީކުރީ "ކްރިސްމަސް ހަދިިޔާ"އައީ ކަމަށް
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި
ޓްރަމްޕް-ކިމް ތާރީހީ ސަމިޓު ފެށިއްޖެ
ޓްރަމްޕް އެއް ދުވަސް ކުރިން ސިންގަޕޫރަށް
"ކިމް"އަށް ވެގެން އުޅުނު މީހަކު ހިފަހައްޓައިފި