Roadha Mihaaru
ވޮލެޓް ފޭރެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ވޮލެޓް ފޭރެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

28 ޑިސެމްބަރ 2019

މާލޭގައި މިރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މާލޭގައި މިރޭ މީހެއްގެ ވޮލެޓް ފޭރިގަތުމަށް އޭނާ އަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނިގޮތުގައި ކާނިވާ ސަރަހައްދުގައި ހަމަލާދީފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައީ ފުލުހުންނެވެ.

ފަރުވާ ދެމުން އަންނަ އެ މީހާގެ އަތުގެ ކުޑަހުޅު ފުންކޮށް ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

މާލެ ސަރަހައްދުގައި ސައިކަލް ފަދަ އަގު ބޮޑު މުދާ ވަގަށް ނެގުމާއި ފޭރުން ފަދަ ކުށްތައް އިތުރުވާތީ މިދިޔަ ހަފުތާގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގި އެވެ. މި އޮޕަރޭޝަންގައި މީހުން ހުއްޓުވައި ސުވާލުކުރުމާއި ބައެއް ވެހިކަލްތައް ޗެކްކުރި އެވެ. މީގެއިތުރުން މަސްތުވާތަކެތީގެ ހާލިތަކެއް ހޯދައި ބަޔަކު ހައްޔަރު ވެސް ކުރި އެވެ.