Roadha Mihaaru
ގެއަކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަނީ

ގެެއަކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަނީ

02 ފެބުރުއަރީ 2021

މާލޭގެ ގެއެއްގެ ރެކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގެ ގެއެއްގެ ރެކުން ފައިވާންތަކެއް ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާއްމުކޮށްްފި އެވެ.

އެ ވީޑިއޯއިން ފެންނަނީ ދެ މީހަކު ގެއަކަށް ވަދެ، ރެކެއްގައި ހުރި ފައިވާންތަކަކާއި ބޫޓްތަކެއް ނަަގައިގެން ގެންދާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ރެކްގައި ގިނަ އަދަދެއްގެ ފައިވާނާއި ބޫޓު ހުރި ނަމަވެސް އެ މީހުން ނެގީ މަދު އަދަދެއްގެ އެއްޗިއްސެވެ.

އެގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަކުން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ދެމީހުންގެ ތެރެއިން އެކަކު ލައިގެން ހުރީ ބެލެވޭ ގޮތުގައި މާލޭގެ ފިހާރައެއް ނުވަތަ ކެފޭ/ރެސްޓޯރެންޓެއްގެ ޔުނިފޯމެއްގެ ގޮތުގައި ބޭނުންކުރާ ޓީޝާޓެވެ. ޓީޝާޓްގެ ފަހަރުތުގައި ނަމެއް ޖަހާފައި ކުރިމަތީގައި ލޯގޯއެއް ހުރި ނަމަވެސް ވީޑިއޯ ނުސާފުކަމުން އެއީ ކޮންތަނެއްގެ ނަމެއް ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ ވީޑިއޯއިންް ފެންނަ ދެމީހުން ހޯދަނީ މާފަންނުގައި ހުރި ގެއަކުން ވައްކަންކުރި މައްސަލައެއްގައި ކަމަށެވެ.