އެކި ބާވަތުގެ ނަޓްސްގެ ފައިދާތަކުގެ ވާހަކަ ދައްކައި ހުހެއް ނުވާނެ އެވެ. މިއީ ސިއްހީ ގޮތުން ފައިދާ ހުރި އެތައް މާއްދާއެއް ހަށިގަނޑަށް ލިއްބައިދޭނެ "ލުއި" ކާނާ އެކެވެ. ނަޓްސް އަކީ ވިޓަމިންސް އާއި މިނެރަލްސް އާއި އެންޓިއޮކްސިޑަންޓް ތަކާއި ހެލްތީ ފެޓާއި ފްރޮޓީނާއި ފައިބާ އިން ވެސް މުއްސަނދި ވެފައިވާ ބާވަތެކެވެ.
29 ޑިސެމްބަރ 2019
އެކި ބާވަތުގެ ނަޓްސްގެ ފައިދާތަކުގެ ވާހަކަ ދައްކައި ހުހެއް ނުވާނެ އެވެ. މިއީ ސިއްހީ ގޮތުން ފައިދާ ހުރި އެތައް މާއްދާއެއް ހަށިގަނޑަށް ލިއްބައިދޭނެ "ލުއި" ކާނާ އެކެވެ. ނަޓްސް އަކީ ވިޓަމިންސް އާއި މިނެރަލްސް އާއި އެންޓިއޮކްސިޑަންޓް ތަކާއި ހެލްތީ ފެޓާއި ފްރޮޓީނާއި ފައިބާ އިން ވެސް މުއްސަނދި ވެފައިވާ ބާވަތެކެވެ.
އެހެންވެ ކުޑަކުދިންނަށް ވެސް ނަޓްސް ކާން ދިނުމަކީ އެ ކުދިންގެ ހެދިބޮޑުވުމަށް މަގުފަހިކޮށްދޭ އަދި ވިސްނުން ތޫނުކޮށް ދޭން ވެސް ބާރު އަޅައިދޭ އެއްޗެކެވެ. މި ސަބަބާ ހުރެ ތުއްތު އިރުއްސުރެ ކުދިންގެ ކާނާގެ ތެރޭގައި ނަޓްސް ހިމެނުމަކީ މުހިއްމު ކަމެކެވެ. އުމުރުން ތިން އަހަރުން ފެށިގެން ކުދިންނަށް ނަޓްސް ކާން ދޭން ފެށިދާނެ އެވެ. އަދި އެ އަށް ވުރެ ތުއްތު ކުދިންގެ ކާނާ ތައްޔާރުކުރާ އިރު ވެސް، ނަޓްސްގެ ބާވަތްތައް ހިމެނިދާނެ އެވެ.
ނަޓްސްގެ ވަރަށް ގިނަ ބާވަތްތަކެއް ހުރެ އެވެ. އޭގެ ތެރޭގައި އާމަންޑް، ކެޝޫ، ހެޒެލް ނަޓްސް، ޗެސްޓްނަޓް، ޕައިންނަޓްސް، ޕިސްޓާޗިއޯ، ވޮލްނަޓް އަދި ބްރެޒިލް ނަޓް ހިމެނެ އެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާގޮތުގައި ދުވާލަކަށް ދެވޭ އެއް ސާވް ނުވަތަ 30 ގްރާމްގެ ނަޓްސް އިން އެ ދުވަހަކަށް ކުދިންނަށް ބޭނުންވާ ވިޓަމިންގެ އީގެ 36 ޕަސަންޓް ފޯރުކޮށްދެ އެވެ. އަދި ދުވާލަކަށް ބޭނުންވާ ފައިބަރުގެ 16 ޕަސަންޓް ނަޓްސް އިން ފޯރުކޮށްދޭ އިރު، ދުވަހަކަށް ބޭނުންވާ ޕްރޮޓީނުގެ ހަތަރު ގްރާމް ވެސް ލިއްބައިދޭނެ އެވެ.
ކުދިންނަށް ނަޓްސް ދޭން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ނަޓްސް ކެއުމުން ކޮލެސްޓްރޯލް ދަަށްކޮށްދޭން މަގުފަހި ވުމާއި ލޭގެ ޕްރެޝަރު ރަނގަޅު ކޮށްދިނުމާއި ހަކުރު ބައްޔާއި ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުމާއި ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ދިނުން ހިމެނެ އެވެ.
ގިނަ ބާވަތްތަކުގެ ނަޓްސް އަކީ މޮނޮސެޗިއުރޭޓެޑް ފެޓީ އެސިޑްސްޓް މުއްސަނ ދިވެފައިވާ އެއްޗެއް ކަމުން މިއީ ހިތުގެ ދުޅަހެޔޮ ކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އަދި މިއާ އެކު، މިއީ އޮމެގާ-3 ފެޓްސް އެކުލެވޭ އެއްޗަކަށް ވާތީ ނަޓްސް ކެއުމުން ސިކުނޑި ވަރުގަދަ ކޮށްދީ، ކުދިންގެ ވިސްނުން ތޫނުވާން މަގުފަހިކޮށް ދެ އެވެ. އެހެންވެ، އާމަންޑާއި ވޮލްނަޓްސް ކުދިންގެ ޑައިޓްތަކުގައި ކޮންމެހެން ވެސް ހިމަނަން ވާނެ އެވެ. މިސާލަކަށް ލަންޗްބޮކްސް ތައްޔާރުކުރާ އިރު ވެސް ނަޓްސްގެ ބާވަވްތައް ހިމެނި ދާނެ އެވެ.
ނަޓްސް ކެއުމުން ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދީ، އެކިއެކި އާންމު ބަލިތަކުން ވެސް ކުދިން ރައްކާތެރިކޮށް ދޭން އެހީވެ އެވެ.
ނަޓްސްގެ ބާވަތްތަކެއް.
އެކި ގޮތްގޮތަށް ތައްޔާރު ކޮށްފައި ހުންނަ ނަޓްސް އަކީ ބާޒާރުގައި ވަރަށް ގިނަ އެއްޗެކެވެ. އެފަދަ އެއްޗިއްސަކީ ގިނަ ފަހަރަށް ލޮނާއި ހަކުރު މަތީ މިންވަރަކަށް އެކުލެވޭނެ އެއްޗިއްސެވެ. އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ޕްލެއިން ނަޓްސް ގަނެގެން ގޭގައި ތައްޔާރު ކޮށްގެން ބޭނުން ކުރުމެވެ. އަދި މިއީ ވަކި ގޮތަކަށް ތައްޔާރު ނުކުރިޔަސް ހަމަ ސްނެކެއްގެ ބޭނުން ކޮށްލެވިދާނެ އެއްޗެކެވެ. އެކަމަކު މުހިއްމު ކަމަކީ ކުދިން ކާ ހިތްވާ ގޮތްގޮތަށް ތައްޔާރުކޮށްފައި ބޭ ނަމަ، ނަޓްސް ކާން ކުދިން ލޯބި ޖެހުމެވެ.
ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ މާ ގިނައިން ނަޓްސް ނުކެއުމެވެ. މީގެ ސައިޑް-އިފެކްޓްތަކަށް ބަލާއިރު ކާން ޖެހޭ ވަރަށް ވުރެ އިތުރަށް ނަޓްސް ކާ ނަމަ އެލާޖިކްވުމާއި ބަނޑުގައި ގޭސް އުފެދުމާ މޭ އެނދުން ކަހަލަ މައްސަލަތައް ކުރިމަތިވާނެ އެވެ.
އެހެންވެ ކުދިންނަށް ނަޓްސް ދިނުމުގައި ބެލެނިވެރިވެރިން ފަރުވާތެރިވާން ޖެހޭނެ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް ކާންވީ ނަޓްސް
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
ހަރަކާތްތެރި ފިރިހެނުންނަށް ލިބޭ ދަރިންގެ ވިސްނުން ތޫނު
ހަކުރު މަދުކޮށްލުމުން ކުއްޖަކަށް އައި ބޮޑު ބަދަލު
އާމްދަނީދަށް ގައުމުތަކުގެ ކުދިންނަށް ކެންސަރު ބޭސް ހިލޭ
އޮފީހަށް ދާއިރު އަތުގައި ހެދިކާ ކޮތަޅެއް!
ބައްޕަގެ ދިރިއުޅުމުން ކުއްޖާގެ ސިއްހަތަށް ކުރާ އަސަރު
ހުސްގޮހޮރާއި ހުރެ ލޮނުމެދު ކެއުމުގެ ފައިދާ ބޮޑު
8 މަހުގެ ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ
ޅަފަތުގައި ކުދިން މަރުވާ ރޭޓަށް ރެކޯޑް ދަށްވުމެއް