Roadha Mihaaru
ހަރަކާތްތެރި ފިރިހެނުންނަށް ލިބޭ ދަރިންގެ ވިސްނުން ތޫނު

ހަރަކާތްތެރި ފިރިހެނުންނަށް ލިބޭ ދަރިންގެ ވިސްނުން ތޫނުވޭ

13 އެޕްރީލް 2018

ކަސްތަރުގެ ފައިދާގެ ވާހަކަ ދައްކާ ނިމޭކަށް ނެތެވެ. ދިރާސާއެއްގައި ބުނަނީ ފިރިހެނުން އާދަކޮށް ކަސްރަތު ކުރުމުން ދަރިފަނީގެ ޑީއެންއޭ ވަރުގަދަކޮށްދޭ ކަމަށެވެ. މާނައަކީ ދަރިފަނީގެ ކޮލިޓީ ވެސް ރަނގަޅުވުމެވެ. ނަތީޖާއަކީ ލިބޭ ދަރިންގެ ވިސްނުން ތޫނުވުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަސްތަރުގެ ފައިދާގެ ވާހަކަ ދައްކާ ނިމޭކަށް ނެތެވެ. ދިރާސާއެއްގައި ބުނަނީ ފިރިހެނުން އާދަކޮށް ކަސްރަތު ކުރުމުން ދަރިފަނީގެ ޑީއެންއޭ ވަރުގަދަކޮށްދޭ ކަމަށެވެ. މާނައަކީ ދަރިފަނީގެ ކޮލިޓީ ވެސް ރަނގަޅުވުމެވެ. ނަތީޖާއަކީ ލިބޭ ދަރިންގެ ވިސްނުން ތޫނުވުމެވެ.

އެހެންވެ ދަރިފަސްކޮޅަކީ ވިސްނުން ތޫނު ކަންކަމަށް ގާބިލު ބަޔަކަށް ހަދަން ބޭނުންވާ ނަމަ، ފިރިހެނުންނަށް އޮތް އެންމެ މުހިއްމު އެއް ކަމަކީ ހަރަކާތްތެރިކޮށް އުޅުމެވެ.

ކަސްރަތަކީ މީހާގެ ހަނދާން ގަދަކޮށް ދިނުމަށް ބާރު އަޅާ، އުފެއްދުންތެރިކަން އިތުރު ކުރުމަށް އެހީތެރިވެދޭ އަދި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ހަރަކާތް ކުރުވާ، ސިކުނޑި އަށް އަރާމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ކަންނެތްކަމާއި ބަރުހެލިކަން ނައްތައިލަ ދީ، ތާޒާކަމާއި އުފާވެރިކަން އިހުސާސްކޮށްދޭ ކަމެކެވެ.

ބައްޕައަކު ދަރިފުޅާ އެކު ކަސްރަތު ކުރަނީ: ކަސްރަތު ކުރާ ފިރިހެނުންނަށް ލިބޭ ދަރިން ވިސްނުން ތޫނުވޭ.

ބައްޕައަކު ދަރިފުޅާ އެކު ކަސްރަތު ކުރަނީ: ކަސްރަތު ކުރާ ފިރިހެނުންނަށް ލިބޭ ދަރިން ވިސްނުން ތޫނުވޭ.

ދިރާސާގައި ބުނާ ގޮތުން ގަވައިދުން ކަސްތަރުކޮށް އުޅޭ ފިރިހެނުންނަށް ލިބޭ ދަރިން ކަންކަން ދަސްކުރާލެއް އަވަސްވެފައި، ކަންކަމާ ކެރިގެން ހިތްވަރާ އެކު ކުރިމަތިލުމުގެ ގާބިލުކަން ބޮޑެވެ. އަދި މުވާސަލާތު ކުރުމާއި މީހުންނާ ގުޅުން ބަދަހި ކުރުމުގައި ވެސް އެފަދަ ކުދިން ކުޅަދާނަކަން ފާހަގަ ކުރެވޭ ކަމަށް ދިރާސާގައި ބުންޏެވެ.

އެހެންވެ ދަރިއަކު އަލަށް ހޯދަން ޕްލޭން ކުރާ ދެމަފިރިއަކު ވެސް، ކުރިއަށް ރާވާ ކަންކަމުގެ ތެރެއަށް ކަސްރަތު އިތުރުކޮށް އެކަމުގެ މުހިއްމުކަމާ ދޭތެރޭ ވިސްނަން ޖެހެ އެވެ.