ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގުން ޖީއެމްއާރް އަތުން ނެގީ އެމްއޭސީއެލްގައި އެކަން ކުރުމުގެ ގާބިލްކަން ހުރުމުން ކަމަށާއި އެހެންކަމުން ސީ ޕްލޭން ޓާމިނަލް ވެސް ނުހިންގޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
30 ޑިސެމްބަރ 2019
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ހިންގުން ޖީއެމްއާރް އަތުން ނެގީ އެމްއޭސީއެލްގައި އެކަން ކުރުމުގެ ގާބިލްކަން ހުރުމުން ކަމަށާއި އެހެންކަމުން ސީ ޕްލޭން ޓާމިނަލް ވެސް ނުހިންގޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކުޑަކުޑަ ސީޕްލޭން ޓާމިނަލެއް ހިންގުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްގައި އެބަހުރި" ކަމަށެވެ.
"އެކަން އެގޮތަށް ކުރާނެ ކަމާ މެދު ޝައްކެއް ނެތް،" ފައްޔާޒު ލިއުއްވި އެވެ. އެކަމަކު އޭގެ ފަހުން ދެން ލިއުއްވީ "އެއްބަސްވުންތަކަށް އިހްތިރާމުކޮށް ކުރިއަށް ދާނެ" ކަމަށެވެ.
އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން މިހާރު ގާތްގަނޑަކަށް ނިމެން ކައިރިވެފައިވާ އާ ސީޕްލޭން ޓާމިނަލް، ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭއަށް ދޭން، އެމްއޭސީއެލުން މަޝްވަރާކުރި އެވެ. އަދި އެކަން އޮތީ އެއްބަސްވުމަކާ ހަމައަށް ވެސް ދާން ކައިރިވެފަ އެވެ. އެގޮތުން ޑްރާފްޓް އެގްރިމެންޓެއް ވެސް ޓީއެމްއޭއަށް، އެމްއޭސީއެލުން ފޮނުވާފައިވެ އެވެ. އެކަމަކު އެމްއޭސީއެލަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ކުރަން އުޅުނު އެކަން ފަޅާއެރުމުން، ކުންފުނީގެ ސިޔާސަތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
ފައްޔާޒުގެ ޓްވީޓްގައި "އެއްބަސްވުންތަކަށް އިހުތިރާމްކޮށް ކުރިއަށް ދާނެ" ކަމަށް ލިއުއްވާފައި އޮތީ، ކޮން އެއްބަސްވުންތަކަކަށް އަމާޒުކުރައްވައިގެން ކަމެއް ނޭނގެ އެވެ. ޓީއެމްއޭއަށް ގާތްގަނޑަކަށް މުޅި ޓާމިނަލްގެ ކޮންޓްރޯލް ދޭން އުޅެނީ، އެމްއޭސީއެލް އާއި އެ ކުންފުންޏާ ދެމެދު ކުރިން ކޮށްފައި އޮތް ކޮން އެއްބަސްވުމެއްގެ ދަށުން ކަމަކަށް، އެމްއޭސީއެލުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.
ފައްޔާޒުގެ ޓްވީޓަށް ރައްދު ދިން އެކަކު ބުނީ "އެއީ ކުޑަކުޑަ ސީ ޕްލޭން ޓާމިނަލެއް ނޫން" ކަމަށެވެ.
އޭނާއަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެއީ އެންމެ ބޮޑު ސީ ޕްލޭން ޓާމިނަލަށް ވީ ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މެނޭޖްކުރުމާ އަޅާބަލާ އިރު އެއީ "ކުޑަ ކަމެއް" ކަމަށެވެ. އެހެންކަމުން އެމްއޭސީއެލަށް ސީ ޕްލޭން ޓާމިނަލް ނުހިންގޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
Velana Int airport tharahgeekoh hingun GMR athun negunee MACL ah ekan kurumuge Qabil kanhureema. Kudakuda seaplane terminal eh hingaalumuge furihama qaabilukan MACLge ebahuri adhi ekan egothah kuraane kamaa medhu shahkehneih. Ehbasvunthakah ihthiraamukoh kuriah dhaane @MACLmedia
— Fayyaz Ismail (@faya_i) December 30, 2019
ފައްޔާޒުގެ ޓްވީޓް
ހާއްސަ އޮޑިޓުން އެނގޭ ގޮތުގައި ސީޕްލޭން ދުއްވާ ކުންފުނިތަކުން އޮޕަރޭޓްކުރާ ގޮތަށް އަދި މާކެޓް ރޭޓަށް ވުރެ ދަށް އަގެއްގައި އާ ސީޕްލޭން ޓާމިނަލް ހިންގަން ދޫކޮށްފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް، އެމްއޭސީއެލަށް ގެއްލޭނެ އެވެ.
އެހެންކަމުން އޮޑިޓަ ޖެނެރަލް ލަފާދެއްވާފައި ވަނީ، މިހާރު ވެސް އެއާޕޯޓްގެ އެކި ސަަރަހައްދުތަކުން ވިޔަފާރިތަކަށް ބިން ދޫކޮށްފައިވާ މަތީ ރޭޓްގައި، އަދި އިއުލާންކޮށްގެން އާ ޓާމިނަލްގެ ޖާގަތައް ދޫކުރުމަށެވެ.
އެކަމަކު އެމްއޭސީއެލުން ބުނެފައި ވަނީ ފުރަތަމަ ތިން އަހަރު އެތަން ހިންގާނީ ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް ކަމަށެވެ. އެމްއޭސީއެލުން އެ ތަން ހިންގުމާ ހަވާލުވާނީ، ތިން އަހަރަށް ފަހު ކަމަށް، ދާދި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވި އެވެ.
"ނޫވިލު" ސީޕްލޭން ޓާމިނަލުން ސިފަ ވަނީ ރާއްޖޭގެ މޫދު
އެއާޕޯޓް ޕްރޮޖެކްޓް ލަސްކުރަނީ ގަސްދުގައި: ސައީދު
އާ ސީޕްލޭން ޓާމިނަލުގައި ލައުންޖު ހިންގަން ހުޅުވާލައިފި
ސީޕްލޭން ޓާމިނަލް ދޫކުރަން އޭސީސީގެ ލަފަޔަކަށް އެދިއްޖެ
"މިއީ، ޓާމިނަލް މައްސަލައިގައި އިންސާފުވެރި ނިންމުން"
ދިވެހިންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރަން: ސައީދު
ސީޕްލޭން ޓާމިނަލް މައްސަލަ: ސައީދަށް ބޮޑު ތުުހުމަތެއް!
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!
އެމްޔޫ މަނިކު މަންޓާއަށް ފޭވާކުރައްވާފައެއް ނެތް
ޓާމިނަލް ދޭން އުޅުނީ ގެއްލުމުގައި، ޖިނާއީ ތަހުގީގެއް