ދިރާގުން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
30 ޑިސެމްބަރ 2019
ދިރާގުން ކުރިއަށް ގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އަންނަ އަހަރު ފަށާ މި ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން، ގިނަ ޒުވާނުންތަކެއް ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި، ފަންނީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ދިރާގުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި އޭ ލެވެލް އިން ފެށިގެން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ދާއިމީ ވަޒީފާއެއް އަދާކޮށްފައިނުވާ، އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ޝައުގެވެރިވާ ޒުވާނުންނަށް "ވޯކް-އިން އިންޓަވިއު" އަންނަ ޖެނުއަރީ 7 ވަނަ ދުވަހުގެ 2:00 އާއި 5:00 ދެމެދު ކުރިއަށްދާނެ އެވެ. އިންޓަވިއުތައް ކުރިއަށްދާނީ ދިރާގު ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ރީޖަނަލް އޮފީސްތަކުގަ އެވެ. މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ މާކެޓިން، އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމެންޓް އެންޑް ޕްރޮޕަޓީ މެނޭޖްމެންޓް، ހިއުމަން ރިސޯސަސް، ފައިނޭންސް، ނެޓްވޯކްސް އަދި ކަސްޓަމާ ސޮލިއުޝަން ފަދަ ޑިޕާޓްމެންޓްތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ފެށި އެންމެ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމް 2009 ވަނަ އަހަރު ފެށި އިރު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 200 އައްވުރެ ގިނަ ޒުވާނުން ވަނީ ދަސްވެނިވެފަ އެވެ. އޭގެ ތެރެއިން ގިނަ ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގެ އިސް މަގާމުތަކުގައި މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގުގެ 12 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި
ދިރާގު އެޕްރެންޓިސްޝިޕަށް އިންޓަވިއު ކުރުން މާދަމާ!
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް