ޒުވާނުން ތަމްރީން ކުރުމަށް ދިރާގުން ކޮންމެ އަހަރަކު ބާއްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ބައިވެރިންނަށް މަރުހަބާ ކިޔައިފި އެވެ.
07 އޯގަސްޓް 2021
ޒުވާނުން ތަމްރީން ކުރުމަށް ދިރާގުން ކޮންމެ އަހަރަކު ބާއްވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ބައިވެރިންނަށް މަރުހަބާ ކިޔައިފި އެވެ.
މިއީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 12 ވަނަ ބެޗް ކަމަށް ވާއިރު، މި އަހަރުގެ ޕްރޮގްރާމްގައި 14 މީހަކަށް އެކި ޑިޕާޓްމަންޓްތަކުން ވަޒީފާ ދޭނެ އެވެ. މި އަހަރުގެ ޕްރޮގްރާމްގެ ދަށުން މާލޭގެ އިތުރުން އައްޑު އާއި ގދ. ތިނަދު އާއި އަރިއަތޮޅާއި ބ. އޭދަފުށީގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
އޭ ލެވެލް ނިންމާފައިވާ އުމުރުން 18-30 އަހަރާ ދެމެދު ހުރިހާ އެންމެންނަށް ބައިވެރިވެވޭ މި ޕްރޮގްރާމްގައި ފުރަތަމަ ހަފުތާގައި އޮންނާނީ އޮރިއެންޓޭޝަން ކަމަށް ވާއިރު، ދިރާގާ ގުޅޭ މައުލޫމާތުތަކާއި ސީއެސްއާރް ހަރަކާތްތަކާއި ބްރޭންޑް ވެލިއުތައް ކިޔައިދޭނެ އެވެ.
މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވި މީހުންނަށް މަރުހަބާ ދަންނަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ، މަސައްކަތުގެ މާހައުލުގެ ތަޖުރިބާ ލިބި، އިތުރު ހުނަރުތައް ދަސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 214 ޒުވާނުން ވަނީ ތަމްރީނުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގައި ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގު އެޕްރެންޓިސްޝިޕަށް އިންޓަވިއު ކުރުން މާދަމާ!
ވަޒީފާގެ ފުރުސަތު ހޯދުމަށް ދިރާގުން ރަނުގެ ފުރުސަތެއް!
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ކޮންމެ ހަފްތާއަކު ސްމާޓް ޓީވީއެއް ދެނީ
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު މިރޭ ހަމަވާނެ
މުސްތަފާ: ޓެސްލާގެ ނަސީބާ އެކު އުފަލުން!
ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ދީމާ
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް