Roadha Mihaaru
އަހަރުގެ ފުރަތަމަ ދުވަހު 392,078 ކުދިން އުފަންވި

މި އަހަރުގެ ފުރަތަމަ ދުވަހު 392,078 ކުދިން އުފަންވި

02 ޖެނުއަރީ 2020

މި އަހަރުގެ ފުރަތަމަ ދުވަހު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 392،078 ކުދިން އުފަންވި ކަމަށް އދ. ގެ އާބާދީއާ ބެހޭ ޖަމިއްޔާ، ޔުނިސެފުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ފުރަތަމަ ދުވަހު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 392،078 ކުދިން އުފަންވި ކަމަށް އދ. ގެ އާބާދީއާ ބެހޭ ޖަމިއްޔާ، ޔުނިސެފުން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނީ، އޭގެ ތެރެއިން 17 ޕަސަންޓް ކުދިން އުފަންވީ މިދިޔަ އަހަރުގެ ފުރަތަމަ ދުވަހު ވެސް އެންމެ ގިނަ ކުދިން އުފަންވި އިންޑިއާގައި ކަމަށެވެ.

ޔުނިސެފުން ބުނީ ޖެނުއަރީ 1، 2020 ގައި އިންޑިއާގައި ޖުމްލަ 67,385 ކުދިން އުފަންވި ކަމަށެވެ. މިއީ ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމަށް މި މަގާމު ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އިންޑިއާގައި އުފަންވި ކުދިންގެ އަދަދަކީ 69,944 އެވެ.

މި އަހަރުގެ ފުރަތަމަ ކުއްޖާ ވެސް އުފަންވީ މިދިޔަ އަހަރެކޭ އެއްގޮތަށް ފިޖީގަ އެވެ. އެގޮތުން، މި އަހަރުގެ އެއްވަނަ އަށް ވީ އަންގާރަ ދުވަހުގެ ރޭ 12:10 ގައި އެ ގައުމަށް އުފަންވީ މިޓިއެލީ ޑިޖިޓާކީ ކިޔާ ފިރިހެން ކުއްޖެކެވެ. މިދިޔަ އަހަރު އެ ޝަރަފު ލިބުނީ އަންހެން ކުއްޖަކަށެވެ.

މި އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވި އަށް ގައުމުގެ ގޮތުގައި ޔުނިފެސުން އާންމުކުރި ލިސްޓްގެ ދެވަނައި ގައި އޮތީ އެންމެ އާބާދީ ބޮޑު ޗައިނާ އެވެ. އެ ގައުމަށް އެ ދުވަހު އުފްނަވީ 46,299 ކުދިންނެވެ. ނައިޖީރީ އަށް ތިން ވަނަ ލިބުނީ 26,039 ކުދިންނާ އެކީގަ އެވެ.

އާ އަހަރުގެ ފުރަތަމަ ދުވަހު ހަތަރު ވަނަ އަށް އެންމެ ގިނަ ކުދިން އުފަންވީ ޕާކިސްތާނުގަ އެވެ. އެއީ 16,787 ކުދިންނެވެ. ފަސް ވަނައިގައި އުޅެނީ 13,020 ކުދިންނާ އެކު އިންޑޮނީޝިއާ އެވެ. މި އަހަރުގެ ފުރަތަމަ ދުވަހު ހަ ވަނަ އަށް އެންމެ ގިނަ ކުދިން އުފަންވީ އެމެރިކާ ގަ އެވެ. އެއީ 10,452 ކުދިންނެވެ. ލިސްޓުގެ ހަތް ވަނައިގައި އޮތީ 10,247 ކުދިންނާ އެކު ކޮންގޯ އެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވި އަށް ވަނަ ގައުމުގެ ގޮތުގައި އިތިއޯޕިއާ ހިމެނުނީ އެ ދުވަހު 8,493 ކުދިން އެ ގައުމުގައި ދުނިޔެ އަށް އައުމުންނެވެ.