ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އެކްސިޑެންޓު ހިނގި އިރު ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
04 ޖެނުއަރީ 2020
ލޯންޗަކާއި ޑިންގީއެއް ޖެހި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އެކްސިޑެންޓު ހިނގި އިރު ލޯންޗު ދުއްވަން އިން ކައްޕި މުހައްމަދު މުސްތަފާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކައްޕިގެ ހާލު އެ ހޮސްޕިޓަލުން އަދި ސާފެއް ނުވެ އެވެ. އެކަމަކު ފުލުހުން ބުނީ ކައްޕިގެ މޫނުގެ ކަށިގަނޑެއް ބިނދި، ލޯ ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. އޭނާ މާލެ ގެނައީ ދަރަވަންދޫ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އެވެ.
ލޯންޗުގެ ފަޅުވެރިއަކަށް ހުރި ބިދޭސީމީހާ އަށް ވެސް ކުދި އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބ. ދޮންފަނު ކައިރީގައި، އެ އެކްސިޑެންޓު ހިނގީ ދަރަވަންދޫން މަހަށް ނުކުތް ޑިންގީ އާއި އެ އަތޮޅު އޭދަފުށިން ދަރަވަންދު އަށް ދަތުރުކުރި ލޯންޗު ޖެހިގެންނެވެ. ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން ބ. އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، ވަނީ ކަނޑަށް ވެއްޓި ގެއްލިފަ އެވެ.
ފުލުހުން ބުނިގޮތުގައި ޑިންގީގައި ތިބި އަނެއް ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވި އެވެ. ނަސްރުﷲގެ އިތުރުން ޑިންގީން ދަތުރުކުރީ އޭނާގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި ދަރަވަންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު ނަޒީފެވެ.
ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި ނަސްރުﷲ ކަނޑަށް ވެއްޓުނީ ޑިންގީގެ ފަހަތުގައި އޭނާ އިންދައި ލޯންޗުން ޖެހުމުން ކަމަށް ބެލެވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.
ލޯންޗު ޖެހުނީ ނަސްރުﷲ އިން ޑިންގީގެ ފަހަތުގައި
ނަސްރުﷲ އިން ޑިންގީގެ ބައެއް، ކަނޑު އަޑިން ފެނިއްޖެ
ރަޖިސްޓްރީނުކުރާ ޑިންގީ ގިނަވެ، މައްސަލައަކަށް!
އެކްސިޑެންޓްވީ ޑިންގީގައި ލައިޓެއް ނެތުމުން؟
އެކްސިޑެންޓުގައި ބިދޭސީމީހާގެ ކަންފަތުން ބައެއް ވަކިވި
ނަސްރުﷲ ހޯދުމަށް ހެލިކޮޕްޓަރާއި ރޮބަޓް ބޭނުންކުރަނީ
ގެއްލުނު މީހާ ވެސް، ޑިންގީ ވެސް އަދި ނުފެނޭ
ލޯންޗަކާއި ޑިންގީއެއް ޖެހި، މީހަކު ގެއްލިއްޖެ
ކަނޑުމަތީ އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ
ނަސްރަކީ ހެޔޮ މީހެއް، މަހަށް ދިޔައީ އާއިލީ އުފަލަށް!