Roadha Mihaaru
ޗައިނާ އިން ހުޅުވާ ލޮލުގެ ފަރުވާގެ ސެންޓަރު ތަފާތުވާނެ

ޗައިނާ އިން ހުޅުވާ ލޮލުގެ ފަރުވާދޭ ސެންޓަރުގައި ބޭނުންކުރާނީ އޭއައި ޓެކްނޮލޮޖީ

05 ޖެނުއަރީ 2020

ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ އިން ހުޅުވާ ލޮލުގެ ފަރުވާގެ ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭ ހޮސްޕިޓަލްގައި ޗައިނާ އިން ހުޅުވާ ލޮލުގެ ފަރުވާގެ ސެންޓަރުގައި ފަރުވާ ދިނުމާއި އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގަައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލިއޮން ވިދާޅުވީ ލޮލުގެ ސެންޓަރު ހުޅުވުމަށް ފަހު ޗައިނާގެ މާހިރުން ދުވަސްކޮޅަކު އެތަނުގައި މަސައްކަތް ކުރަން ތިބޭނެ ~ކަމަށާއި އެ ސެންޓަރުގެ ފަރާތުން ދޭ ތަމްރީނުތަކުގެ ތެރެއިން ބައެެއް ތަމްރީނުތައް ރާއްޖޭގައި ކުރިއަށް ގެންދާއިރު އަނެއްބައި ތަމްރީނުތައް ކުރިއަށް ގެންދާނީ ޗައިނާގައި ހުންނަ ޒޮންޝާން އައި ސެންޓަރުގައި ކަމަށެވެ.

"(ސެންޓަރު)ގާއިމް ކުރުމުގެ މަސައްކަތަށް ފަހު ޓީމުގެ ބައެއް މެމްބަރުން ރާއްޖޭގައި މަޑުކޮށް، މީހުންނަށް ފަރުވާ ދޭނެ. އަދި ތަމްރީނުތައް ވަރަށް އަވަހަށް ފެށޭނެ،" ލޮލުގެ ސެންޓަރު ހަދަން އައިސް އުޅޭ ޗައިނާގެ ޓީމްގައި އިސްކޮށް ހުންނެވި ޑރ. ޗެން ވެއިރޮޮންގްއާ ހަވާލާދީ ސަފީރު ޒާން ވިދާޅުވި އެވެ.

ލޮލުގެ ސެންޓަރާ ބެހޭ ގޮތުން ޑރ. ޗެންއާ ސުވާލުކުރަން ސޯޝަލް މީޑިއާގައި ހުޅުވާލި ފުރުސަތުގައި މީހުން ކޮށްފައިވާ ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކުގައި ވިދާޅުވެފައިވާ ގޮތުގައި އެ ސެންޓަރުގައި މީހުންނަށް ފަރުވާ ކުރުމަށާއި ތަމްރީނު ދިނުމުގައި މުސްތަގުބަލުގައި އޭއައި ޓެކްނޮލޮޖީ ވެސް ބޭނުން ކުރާނެ އެވެ.

ޒާން ވިދާޅުވި ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރާ މަރުކަޒުން ލޮލުގެ ގިނަ ބަަލިތަކަކަށް ފަރުވާދޭނެ އެވެ. އެގޮތުން ލޯފުސްވުން، ގުލުކޯމާ، އޮސްކިއުލާ ސާފޭސް ޑިޒީޒް ފަދަ މައްސަލަތަކަށް އެ މަރުކަޒުން ފަރުވާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަރުކަޒުގައި އިސްކޮށް އުޅުއްވާ ޑރ. ޗެން ވެއިރޮންގް އަކީ ސަފީރު ވިދާޅުވި ގޮތުގައި، ފާއިތުވި 30 އަހަރު އެ ދާއިރާގައި މަސަައްކަތް ކުރައްވާފައިވާ އަދި އެ ދާއިރާގެ މަޝްހޫރު ޑޮކްޓަރެކެވެ.

"އޭނާ ވަނީ ލޮލުގެ ފަރުވާ ކުރުމުގައި 30 އަހަރު ހޭދަކުރައްވާފައި އަދި ލޯ ފުސްވުމާއި ލޮލަށް ދިމާވާ އެހެންް މައްސަލަަތަކާ ގުޅޭ އޮޕަރޭޝަންތައް ހިމެނޭ ގޮތުން 100،000 އަށް ވުރެ ގިނަ އޮޕަރޭޝަން އޭނާ ވަނީ ކުރައްވާފައި،" ޓްވީޓްގައި ސަފީރު ވިދާޅުވި އެވެ.