ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމުގައި އޮތް އޮތުން އެ ކޯޓުން މިއަދުން ފެށިގެން އުވާލައިފި އެވެ.
07 ޖެނުއަރީ 2020
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިިގަތުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމުގައި އޮތް އޮތުން އެ ކޯޓުން މިއަދުން ފެށިގެން އުވާލައިފި އެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ކުރިން އޮންނަ ގޮތުން އެ ކޯޓަށް ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލައިގަތުމުގެ ހުއްދަ ދެނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ކޯޓުގެ ގަވާއިދުގެ އެ މާއްދާ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި އެކަމާ ބެހޭގޮތުން އޮތް މާއްދާ ބާތިލްކުރީ އެއީ ކޯޓުތަކުގެ ގާނޫނާ ޚިލާފަށް އޮތް މާއްދާތަކެއް ކަމަށްވާތީ ކަމަށެވެ. ސުުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށް ކޯޓުތަކުގެ ގާނޫނުގައި އޮތުމުން ސުޕްރީމް ކޯޓުގެ ގަވާއިދުގެ އެ މާއްދާ އަކީ އެ ގާނޫނާ ޚިލާފް މާއްދާއެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
— Supreme Court of the Maldives (@Supreme_Courtmv) 7 January 2020
އެހެންވެ، މައްސަލަ ބަލައިގަތުމުގެ ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގައި އޮތް މާއްދާ އާއި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ ބާތިލްކުރަން ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުން މައްސަލަ ބަލާ އުސޫލު ބަދަލުކޮށްފި
އިންސާފު ހޯދުން "ލޮކްޑައުންއެއް" ނުކުރެވޭނެ!
ތަނާޒުލް ވުމާ ގުޅޭގޮތުން ގޮތް ނިންމާނީ އިސް ފަނޑިޔާރު
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"
ޖުޑިޝަރީ ގަޑުބަޑުކުރުމުގެ ތާރީހެއްއޮތީ އެމްޑީޕީގަ:ޝުުޖާއު