ދިރާސާކުރުމުގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ވިލާ ކޮލެޖުން މިއަދު ސޮއިކޮށްފި އެވެ.
07 ޖެނުއަރީ 2020
ދިރާސާކުރުމުގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކެއްގައި ވިލާ ކޮލެޖުން މިއަދު ސޮއިކޮށްފި އެވެ.
އެ ކޮލެޖުން ވަނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ މޯލްޑިވްސް ރިސާޗާއި އޭޑީކޭ ހޮސްޕިޓަލް އަދި ވިލާ ފައުންޑޭޝަނާ އެކު ސޮއިކޮށްފަ އެވެ.
މިއީ ރާއްޖޭގެ އިޖުތިމާއީ ތަފާތު ދާއިރާތަކުގައި ދިރާސާކޮށް އާ ހޯދުންތަކަށް މަގުފަހިކުރުމުގައި އެއްބާރުލުން އިތުރުކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް ހެދި އެއްބަސްވުމެކެވެ.
ދިރާސާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަފްއާލް (ވ) އަދި މޯލްޑިވްސް ރިސާޗުގެ އިސް އޮފިޝަލަކު ސަލާމްކުރައްވަނީ.-- ފޮޓޯ: ވިލާ ކޮލެޖު
ވިލާ ކޮލެޖާއި މޯލްޑިވްސް ރިސާޗާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި، ރާއްޖޭގެ އިޖުތިމާއީ ތަފާތު ދާއިރާތަކުގައި އިލްމީ ދިރާސާކުރުމުގެ މަސައްކަތް ދެ ފަރާތުން ވިލަރެސްކޮށް ކުރިއަށް ގެންދިއުމާއި ދިރާސާގެ މަސައްކަތުގައި ފަންނީގޮތުން އެއްބާރުލުން ދިނުމުގެ އިތުރުން ދިރާސާގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ހިއްސާކުރުން ހިމެނެ އެވެ.
އެ އެމްއޯޔޫތަކަކީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ފަދަ މުހިއްމު އަދި ބޭނުންތެރި ދިރާސާތަކަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
ޔުނިވާސިޓީތަކަށް ބަދަލުކޮށްފި ނަމަ އިގުތިސާދީ ފައިދާވާނެ
ވިލާ ކޮލެޖުގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ
ވިލާ ކޮލެޖުގެ އައިސީއެސްއާރުއައި ކޮންފަރެންސް ފަށައިފި
ވިލާގެ ނާސިން ދަރިވަރުންނަށް އޭޑީކޭގައި ތަމްރީނުދެނީ
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގެ ފުރުސަތު އިތުރުކުރަނީ
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
އޭޑީކޭގައި އިންޓާން ހަދަން 14،500ރ. ދައްކަންޖެހޭ