މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
07 ޖެނުއަރީ 2020
މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ލަފާ ދޭ ބޯޑެއް ކުރިން އެކުލަވާލައި، އެ ބޯޑުން ކުރި ދިރާސާތަކަށް ފަހު މިދިޔަ މަހު ވަނީ އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެކަމަކު އެ ރިޕޯޓުގެ ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ލަފާ ދޭ ބޯޑުން އެކުލަވާލި ރިޕޯޓް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް އަންނަ ހަފުތާގައި ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖޭގައި މަސައްކަތްެތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން. pic.twitter.com/QSMU0EjTFe
— Ibrahim Mohamed Solih (@ibusolih) January 7, 2020
ރައީސްގެ ޓްވީޓް
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މިނިމަމް ވޭޖާ ގުޅޭ ރިޕޯޓާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ އެވެ. އަދި މިއަހަރު ކުރީކޮޅު މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެކަމާ ގުޅޭގޮތުން އެމްޑީޕީން ކުރިން އެކުލަވާލި ކަރުދާހުގައި އޮތްއޮތުން ދެވޭނެ އެންމެ ދަށް މުސާރައަކީ ދުވާލަކަށް 200ރ. އެވެ. އެކަމަކު ބައެއް ދާއިރާތަކުގައި ދެވޭނެ އެންމެ ދަށް މުސާރައިގެ ގޮތުގައި އެއަށް ވުރެ ބޮޑު އަދަދުތަކެއް ވެސް އެމްޑީޕީން އޭރު ހިމެނި އެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި
މިނިމަމް ވޭޖު ކަނޑައަޅަން މި އުޅެނީ ކިހިނެއް؟
މިވަގުތު މުހިންމީ މިނިމަމް ވޭޖެއް ކަނޑައެޅުން: ރައީސް
މިނިމަމް ވޭޖް ޑިސެމްބަރަށް ރިވިއުކޮށް ނިމޭނެ: ހައިދަރު
2018ގައި ރުހުން ދިނީ މެންޑޭޓު ފާސްނުކޮށް
ހުކުރު މިސްކިތް ވަށައިގެން ބޮޑު ކަލްޗަރަލް ޒޯނެއް!
ވަޒީރުން ދެއްވި އެއްބާރުލުމަށް ރައީސްގެ ޝުކުރު
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
ޔޯގާގެ ހަމަނުޖެހުން ބަލަން ކެބިނެޓްގެ ސަބް ކޮމިޓީއެއް