Roadha Mihaaru
އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ބޯޑް އެކުލަވާލައިފި

އެންމެ ކުޑަ އުޖޫރަ ކަނޑައަޅަން ފަސް މެމްބަރުންގެ ބޯޑެއް އުފައްދައިފި

01 މެއި 2019

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް "މުސާރަ އާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެކުލަވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް "މުސާރަ އާއި ކުޑަ އުޖޫރައާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެކުލަވާލައިފި އެވެ.

މަސައްކަތްތެރެއިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައަޅަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ލަފާ ދެއްވުމަށް ބޯޑެއް އެކުލަވާލުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއް ކަމަށެވެ.

ބޯޑުގައި ފަސް މެމްބަރުން ތިއްބަވާ އިރު، އޭގެ ތެރޭގައި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހް އާއި ޓޫރިޒަމް އެމްޕްލޯޔަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފް ޒާކިރް ހިމެނިވަޑައިގަންނަވަ އެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ ފަސް ބޭފުޅުން:

1- މަރިޔަމް ހާލިދާ / ގ. ސިލްވަރުގެ - ޗެއާމަން

2- އިބްރާހިމް ނޫރައްދީން / މއ. މާންދޫ

3- މުހައްމަދު އަލީ ޖަނާހް / ހ. ސީސްސައިޑް

4- އަލީ އާދަމް / ޗާންދަނީގެ، ހއ. ހޯރަފުށި

5- މައުރޫފް ޒާކިރު / ދާއިރާ، ބ. ކެންދޫ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓު.

ރައީސްގެ އެހެން ޓުވީޓެއްގައި ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ މަސައްކަތްތެރިންނަށް އަރިސް ކުރައްވައިފަ އެވެ. އަދި ދިވެހި މަސައްކަތްތެރިންނަށް އުފާވެރި، ބާއްޖަވެރި އަދި ކާމިޔާބު ކުރިމަގަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހަކަށް ދުވާލެއްގެ މައްޗަށް އެންމެ ކުޑަކޮށް ލިބޭ އުޖޫރައިގެ ގޮތުގައި 200ރ. ކަނޑައަޅައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ކުރިން ވަނީ ކަރުދާހެއް ތައްޔާރުކޮށްފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް އެމްޑީޕީން ތައްޔާރުކުރި ކަރުދާހުގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމައި، އެންމެ ކުޑަކޮށް އުޖޫރަ ދެވޭނެ އުސޫލުތައް ވަރަށް ތަފްސީލްކޮށް ހިމަނައިފަ އެވެ.

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާނީ އެންމެންގެ މަޝްވަރާގެ މަތިންނެވެ.