ދުޅަހެޔޮ ދިރިއުޅުމަކީ އުމުރު ދިގުވާ ސަބަބެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
10 ޖެނުއަރީ 2020
ދުޅަހެޔޮ ދިރިއުޅުމަކީ އުމުރު ދިގުވާ ސަބަބެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ވިއްސަކަށް އަހަރަށް 111،000 މީހުންގެ ސިއްހީ ރެކޯޑްތައް އެނަލައިޒްކޮށްގެން ހެދި ދިރާސާ ބީއެމްޖީގައި ޝާއިއުކޮށްފައިވާ، އެމެރިކާގެ ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާގައި ދުޅަހެޔޮ ދިރިއުޅުން ސިފަކޮށްފައި ވަނީ ސިއްހަތަށް ފައިދާ ހުރި ކާނާތައް ކެއުމާ އެކު، ހަރަކާތްތެރިކޮށް އުޅުމަށެވެ.
އެގޮތުން އެކަންތައްތަކަށް އިސްކަން ދީގެން ދިރިއުޅުން ބައްޓަންކުރާ ނަމަ އަންހެނުންގެ އުމުރުން 10 އަހަރު އަދި ފިރިހެނުންގެ އުމުރުން ހަތް އަހަރު ދިގުކޮށްދޭ ކަމަށް ބުންޏެވެ. އަދި އެއީ ބޮޑެތި ބަލިތައް ކަމަށްވާ ކެންސަރާއި ހިތުގެ މައްސަލަތަކާއި ޓައިޕް-2 ޑައިބިޓީޒް ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
Sticking to a healthy lifestyle including not smoking, not being overweight, and exercising regularly, is associated with a longer life expectancy at age 50 free of major diseases such as cancer, cardiovascular diseases, and diabetes #BMJResearch https://t.co/EZKOWFl0LL
— The BMJ (@bmj_latest) January 9, 2020
ދުޅަހެޔޮ ދިރިއުޅުމަކަށް ބަރޯސާވާ ނަމަ މީހާގެ ބަރުދަން އަސްލު ހުންނަން ޖެހޭ މިންގަނޑުގައި ހިފަހައްޓައި ދިނުމާއި ނުރަނގަޅު ސިއްހީ ގިނަ އާދަތަކުން ދުރުކޮށްދޭނެ އެވެ. އެގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް މުހިއްމު ފަސް ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި އުމުރުން ދުވަސްވަމުންދާ ވަރަކަށް އެކަންކަމަށް ބެލުން މުހިއްމުކަން ފާހަގަކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ބެލެންސް ޑައިޓެއް ގެންގުޅުމާއި ކޮންމެ ދުވަހަކު މަދުވެގެން 30 މިނިޓް ކަސްރަތުކުރުމާއި ދުންފަތުގެ އިސްތިއުމާލުނުކުރުމާއި ބޮޑީމާސް އިންޑެކްސް (ބީއެމްއައި) 18.5 އާއި 24.9 އާ ދޭތެރޭ ބެހެއްޓުމާއި ބަނގުރަލާއި ބިއަރު ފަދަ އެއްޗެހި (ހުރިހާ ބާވަތެއްގެ މަސްތުވާތަކެތި ހިމެނޭ ގޮތަށް) ބޭނުންނުކުރުމެވެ.
ދިރާސާ ހެދި ޓީމްގައި ހިމެނޭ ޑރ. ފްރޭންކް ހޫ ވިދާޅުވި ގޮތުގައި ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އަދި މީގައި އަންނަ އެންމެ ބޮޑު ބަދަލަކީ މީހާގެ ނަފުސަތު ތަރުބިއްޔަތުކުރަން ކަމަށް ވިދާޅުވި އެވެ.
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ސާޅީސް ފުރުމުގެ ކުރިން ލޭމައްޗަށްދާ ނަމަ ނުރައްކާ ބޮޑު
ފައިބަ މުއްސަނދި ޑައެޓެއް ވަރަށް މުހިއްމު
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
ސިއްހަތު ވަޒަންކުރަން އުނަގަނޑުގެ ސައިޒް
ހަކުރުބައްޔާ ދެކޮޅަށް ފޮނިތޮށި
ކެންސަރާ ދެކޮޅަށް އަމަލުކުރާނެ އާ ގައިޑްލައިނެއް
ކިޑްނީގެ ބަލިތަކާ ދުރުވާން ކަސްރަތު މުހިންމު
ކާފޫރުތޮޅީގެ ފައިދާތައް ގިނަ