Roadha Mihaaru
ފަތިސް 05:05
އިރުއަރާ 06:19
މެންދުރު 12:23
އަސްރު 15:42
މަގްރިބް 18:19
ޢިޝާ 19:34
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ޓްރެފިކް ގަވައިދުތައް ބަދަލުވާން ޖެހޭ: ސީޕީ

ޓްރެފިކް ގަވައިދުތައް ބަދަލުވާން ޖެހޭ: ސީޕީ ހަމީދު

10 ޖެނުއަރީ 2020

ޓްރެފިކް ގަވައިދުތައް ތަންފީޒުކުރަން ގިނަ އަދަދެއްގެ ފުލުހުންނާއި ވަގުތު އެކަމަށް ބޭނުންވާ ކަމަށާއި މިހާރަށް ވުރެ ލުއި ފަސޭހަކޮށް އެކަން ކުރުމަށް ގަވައިދުތައް އިސްލާހުކުރަންޖެހޭ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓްރެފިކް ގަވައިދުތައް ތަންފީޒުކުރަން ގިނަ އަދަދެއްގެ ފުލުހުންނާއި ވަގުތު އެކަމަށް ބޭނުންވާ ކަމަށާއި މިހާރަށް ވުރެ ލުއި ފަސޭހަކޮށް އެކަން ކުރުމަށް ގަވައިދުތައް އިސްލާހުކުރަންޖެހޭ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ ޓްރެފިކް ގަވައިދުު ތަންފީޒުކުރުމުގައިި ފުލުހުންނަށް ކުރިމަތިވެފައިވާ ބުރަ ލުއިކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު ވަރަށް އަވަހަށް މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

"އޮފިސަރުންގެ ވަގުތުގެ ބޮޑު ބައެއް ޓްރެފިކް ގަވައިދުތައް ތަންފީޒުކުރުމަށް ހޭދަކޮށްފައިވޭ. އެއީ ވެސް [ޓްރެފިކް ގަވައިދުތަކަކީ] ބަދަލުވާން ޖެހޭ ކަމެއް. މި ބުރަ ލުއިކުރާނެ ހައްލެއް ހޯދަން އަންނަ ހަފުތާގައި އަޅުގަނޑުމެން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކުރާނަން،" ޓްވީޓްގައި ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓްރެފިކް މައްސަލަތަކުގެ ތެރެއިން ފުލުހުން އެންމެ ގިނައިން ބަލާފައި ވަނީ ވަނީ ނުގަވައިދުން ޕާކް ކުރުމުގެ މައްސަލަ އެވެ. އެގޮތުން އުޅަނދު ފަަހަރުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހި އަދަދަކީ 36،963 އެވެ. އަދި 2840 އުޅަނދެއް ޓޯކޮށްފައި ވެ އެވެ.

ހަމިދުގެ ޓްވީޓް

ދެވަނަ އަށް އެނެމެ ގިނައިން ބަލާފައި ވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލަ އެވެ. އެފަދަ 7500 އަށް ވުރެ ގިނަ މައްސަލަ އެމީހުން ބަލާފައި ވެ އެވެ.

ޓްރެފިކް ގަވައިދު ތަންފީޒުކުރުމަށް ފުލުހުން ހޭދަކުރި ވަގުތުގެ ތެރޭގައި އަަހަރީ ފީ ނުދެއްކުމުގެ 2،600 އަށް ވުރެ ގިނަ މައްސަލަ، ރޯޑްވާދިނަސް ނުހަދާ ހުރުމުގެ 2000 އަށް ވުރެ ގިނަ މައްސަލަ އަދި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުމުގެ 2800 އަށް ވުރެ ގިނަ މައްސަލަ ވެސް ހިމެނެ އެވެ.

މާލޭގައި ޕާކް ކުރަން އެކަށީގެންވާ ޖާގަ ނުދައްކައި ސްޓިކާ ޖަހާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެއީ އެކަށީގެންވާ ޕާކިން އޭރިއާތައް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާތީ އެވެ.