Roadha Mihaaru
މުދާ އުފުލާ ވަގުތު ކޮންޓްރޯލް ކުރުން މުހިންމު: ޕޮލިސް

މުދާ އުފުލަން ވަކި ވަގުތެއް ހަމަޖެއްސުމަކީ ޓްރެފިކް ހައްލުކުރަން މުހިންމު ކަމެއް: ފުލުހުން

25 މާޗް 2018

ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރި އުސޫލަށް އަމަލުކުރަން ފެށުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި ވަކި ވަގުތުތަކެއްގައި މުދާ އުފުލުމަކީ ޓްރެފިކް މައްސަލަ ހައްލުކުރަން މުހިންމު ކަމެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރި އުސޫލަށް އަމަލުކުރަން ފެށުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި ވަކި ވަގުތުތަކެއްގައި މުދާ އުފުލުމަކީ ޓްރެފިކް މައްސަލަ ހައްލުކުރަން މުހިންމު ކަމެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ފިހާރަތަކަށާއި ގުދަންތަކަށް ގެންދާ މުދަލާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަވެއްޔާއި ބިއްލޫރި އާއި ސިމެންތި އާއި އިމާރާތް ކުރުމަށް ބޭނުންކުރާ ގަލާއި ބޯ ފެނާއި އެހެނިހެން ބުއިންތަކާއި އެނޫން ވެސް އެފަދަ ތަކެތި ހިފައިގެން ދަތުރުކުރެވޭނީ ރޭގަނޑު 10:00 ން ހެނދުނު 6:00 އާ ދެމެދު އެވެ.

ޓްރެފިކް ޕޮލިސްގެ ހެޑް، ޗީފް އިންސްޕެންޓާ އޮފް ޕޮލިސް އަބްދުލް މަތީން ވިދާޅުވީ އެ އުސޫލަށް އަމަލު ކުރުމަކީ ތޮއްޖެހިފައިވާ މާލޭގެ ޓްރެފިކަށް ލުޔެއް ގެނައުމަށް މުހިންމު ކަމެއް ކަމަށެވެ.

އެ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު، އެ ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ޓްރެފިކް އުސޫލުތަކުގެ ތެރެއިން ފިޔަވަޅުތައް އަޅައި ގަވައިދު ތަންފީޒު ކުރާނެ ކަމަށް މަތީން ވިދާޅުވި އެވެ. އެގޮތުން ސައިކަލްގައި މުދާ އުފުލުން ފަދަ ކަންކަން ހުއްޓުވާނެ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

Mudhaa ufulan genai badhalah amalu kurun fas koffi

Mudhaa ufulan genai badhalah amalu kurun fas koffi

The most trusted news source in the Maldives

Mihaaru

މުދާ އުފުލަން ގެނައި ބަދަލަށް އަމަލު ކުރަން ފަސް ކުރުން--

އޭނާ ވިދާޅުވީ ޓްރެފިކް މައްސަލަ އެއްކޮށް ހައްލު ކުރެވޭނީ އެ ގަވައިދުގެ އިތުރުން އިތުރު ކަންތައްތަކެއް ވެސް ތަންފީޒު ކޮށްގެން ކަމަށެވެ. އެގޮތުން މާލޭގެ ޕާކިންގެ މައްސަލަ އަށް ހައްލު ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގައިވާ ގޮތުން، ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރު ކުރެވޭނީ ހެނދުނު 8:30 ން 11:00 އަށް އަދި ރޭގަނޑު 8:00 ން ހެނދުނު 6:00 އާ ދެމެދު އެވެ. މިއާ ހިލާފުވާ ނަމަ، ވިޔަފާރިތަކާއި ޑްރައިވަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ފުރަތަމަ ނިންމާފައިވަނީ މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރުމަށެވެ. އަމަލު ކުރުން ފަސް ކުރީ ވަގުތު ދިނުމަށެވެ. ގަވައިދާއެކު ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެއްބަޔަކު ގަބޫލްކުރާގޮތުގައި މިއީ ރަނގަޅު އަދި އޭގެ ސަބަބުން ހަލަބޮލި މަގުތަކަށް ލުއި ލިބޭނެ ކަމެކެވެ. އަނެއް ބައެއްގެ ނަޒަރުގައި މިއީ އާންމު ވިޔަފާރިތަކަށް އެތައް ދަތިތަކަކާއި ކުރިމަތިވާނެ ނިންމުމެކެވެ.