17 ޖެނުއަރީ 2020
ރާއްޖެއާ އެންމެ ގުޅޭ ގޮތަށް ހަކަތަ އުފެއްދުމުގައި ހއ. އަތޮޅު މިހާރު އަންނަނީ ނަމޫނާ ދައްކަމުންނެވެ. ސޯލާ ޕެނަލް ބޭނުންކޮށްގެން އެ އަތޮޅުގެ 14 ރަށުގައި އަވިން އުފައްދާ ކަރަންޓްގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެއްޖެ އެވެ.
ރާއްޖެއާ އެންމެ ގުޅޭ ގޮތަށް ހަކަތަ އުފެއްދުމުގައި ހއ. އަތޮޅު މިހާރު އަންނަނީ ނަމޫނާ ދައްކަމުންނެވެ. ސޯލާ ޕެނަލް ބޭނުންކޮށްގެން އެ އަތޮޅުގެ 14 ރަށުގައި އަވިން އުފައްދާ ކަރަންޓްގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެއްޖެ އެވެ.
ހއ. ގައި އެ ހާއްސަ ޕްރޮޖެކްޓް ފެށީ 2016 ގަ އެވެ. މިއީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމްކުރަން އޭރުގެ ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް ގުޅިގެން ފެށި ޕްރިޕެއަރިން އައުޓާ އައިލޭންޑްސް ފޮ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް، (ޕޮއިސްޑް)ގެ ދެ ވަނަ ފިޔަވައްސެވެ. ޕްރޮޖެކްޓްގެ ދަށުން ހއ. އަތޮޅުގައި ފެނަކައިން ހިދުމަތް ދޭ ހުރިހާ ރަށެއްގައި ޖުމްލަ 2.3 މެގަވޮޓްގެ ސޯލާ ޕީވީ ވަނީ ހަރުކޮށްފަ އެވެ.
ރަށްރަށުގެ އިންޖީނުގެތަކާއި ސޯލާ ޕީވީއާ ވަނީ ގުޅާލައިފަ އެވެ. އެހެންކަމުން އިންޖީނުތައް މިހާރު ބަދަލުވެފައި އެވަނީ އަވިން ވެސް ހަކަތަ ފޯރުކޮށްދޭ ގޮތަށް ހައިބްރިޑް ސިސްޓަމްތަކަކަށެވެ. މިހާރު އެ ރަށްރަށުގައި ކަރަންޓް އުފައްދަނީ އަވިންނާއި ޑީސަލް ބޭނުންކޮށްގެންނެވެ. މި ނިޒާމުން އޮޓަމެޓިކުން އިސްކަންދޭނީ އަވިން އުފައްދާ ކަރަންޓަށެވެ. ގިނަ ރަށްތަކުގައި މި ސިސްޓަމާ އެކު ބެޓަރީ ސްޓޯރޭޖް ވެސް ހަރުކޮށްފައިވެ އެވެ.
އަވިން ހަކަތަ އުފައްދާ މިންވަރު ދައްކައިދެނީ: މިއީ ރަނގަޅު ނިޒާމެއް
ޕްރޮޖެކްޓުގެ އަމާޒަކަށް ވީ ހުރިހާ ރަށަކަށް ވެސް ބޭނުންވާ ހަކަތައިގެ 30 ޕަސެންޓް އަވިން އުފައްދާ ގޮތް ހެދުމެވެ. އެ ސިސްޓަމް ބޭނުންކޮށްގެން ހއ. ގެ ހުރިހާ ރަށެއްގައި ވެސް އަވިން އުފައްދާ ކަރަންޓް، ރަށް ދޫކުރެ އެވެ.
ހުރިހާ ރަށެއްގައި ވެސް ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުންނަނީ ދައުލަތުގެ އެކި އިދާރާތަކުގެ ފުރާޅުގަ އެވެ. ސްކޫލުތަކާއި އޮފީސްތަކުގެ ފުރާޅާއި ޓެރަހުގަ އެވެ.
ފެނަކައިގެ ޓެކްނިކަލް ސާވިސަސް އެންޑް ގްރީން އެނާޖީ ޑިޕާޓްމަންޓްގެ ޑައިރެކްޓަ އަބްދުﷲ ނާޝިތު ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓްގެ ސަބަބުން ހއ.ގެ ބައެއް ރަށްތަކުގައި ހަތަރި ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތުތަކަށް ޑީސަލް ޖެނެރޭޓަރު ނިވާލެވެ އެވެ.
"ދުވާލު ގަޑީގައި ސޯލާ ޕެނަލުން އުފައްދާ ކަރަންޓް، ކަރަންޓް ވިޔުގައާ ހުންނާނީ ގުޅިފައި. ޑީސަލް އިންޖީނުން އުފައްދާނީ ސޯލާ ޕީވީން އުފައްދާ މިންވަރަށް ވުރެ ރަށުގެ ޑިމާންޑް ބޮޑު ނަމަ، އެ ޑިމާންޑް މީޓްކުރަން ބޭނުންވާ ލޯޑް،" ނާޝިތު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓް އެންމެ ކާމިޔާބުކޮށް ހިންގާ އެއް ރަށަކީ އެ އަތޮޅު މުރައިދު އެވެ. ގިނަ ދުވަސްތަކުގައި ހެނދުނު އަށަކުން ހަވީރު ހަތަރެއް ޖަހަންދެން އެ ރަށުގައި ދޫކުރަނީ އަވިން އުފައްދާ ކަރަންޓެވެ.
"މި ރަށުގައި ސޯލާއިން އުފައްދާ 115 ކިލޯވޮޓް. އުފެއްދޭ ކެޕޭސިޓީއަކީ 140 ކިލޯވޮޓް،" އެ ރަށު އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
މުރައިދޫ ސްކޫލުގައި ސޯލާ ޕެނަލް ހަރުކޮށްފައި: ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް މިހާރު އަވިން ކަރަންޓް އުފައްދާ
އެ އަތޮޅު ތަކަންދޫގައި ގާއިމްކޮށްފައިވާ ނިޒާމުން 95 ކިލޯވޮޓްގެ ކަރަންޓް އުފައްދަ އެވެ. އެރަށު އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ރަނގަޅަށް އަވިދޭ ދުވަސްދުވަހު ރަށަށް ބޭނުންވާ ހަކަތައިގެ 75 ޕަސެންޓް އަވިން އުފެއްދެ އެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ހަވާލާދީ ނާޝިތު ވިދާޅުވި ގޮތުގައި ހއ.ގެ ރަށްރަށުގައި ކަރަންޓް އުފައްދަން ކުރިން ބޭނުންކުރި ޑީސަލްގެ ތެރެއިން 3.1 މިލިޔަން ލީޓަރު މިހާރު ވަނީ، އަވިން ފޯރުކޮށްދޭ ކަރަންޓާ އެކު، ސަލާމަތް ކުރެވިފަ އެވެ.
ޕްރޮޖެކްޓްގެ މަގުސަދަކީ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކަރަންޓު ޔުނިޓެއް އުފައްދަން ކުރަން ޖެހޭ ހޭދަ ވެސް ދަށަށް ގެންދިއުމެވެ. އޭގެ ސަބަބުން ތިމާވެއްޓަށް ވެސް ހިމާޔަތް ލިބެ އެވެ.
"ބޮޑު ރަށެއްވީމާ ސޯލާ ޕެނެލްތައް ގިނައިން ހަރުކުރަން ޖެހޭނެ. އެކަމަކު މި ރަށުގައި ވެސް މިހާރު ގާތްގަނޑަކަށް 25 ޕަސެންޓް ކަރަންޓް އުފައްދަނީ އަވިން،" ހއ.ގެ އެންމެ އާބާދީ ބޮޑު ދިއްދޫ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ރަނގަޅަށް އަވިދޭ ދުވަސްދުވަހު ޑީސަލުން އިންޖީނު ހިންގަން ޖެހޭ ވަރު ކުޑަ."
ހއ. ގައި ކުރިއަށް ދާ މަޝްރޫއުގެ ކާމިޔާބުކަން މިހާރު ވެސް އެކި ރަށްރަށުން އެބަ ފެނެ އެވެ. މިއީ ސާފު ހަކަތަ އުފެއްދުމުގައި ކުރިއަށް އެޅި މުހިންމު ފިޔަވަޅެކެވެ. ހަމަ މި މަޝްރޫއުގެ ދަށުން ށ.، ނ.، ޅ.، ކ.، އދ.، އަދި ވ. އަތޮޅުގެ ރަށްރަށުގައި ވެސް އެ ނިޒާމްކުރަން ވަނީ ނިންމައިފަ އެވެ. މިހާތަނަށް ށ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ނިޒާމް ގާއިމް ވެސް ކޮށްފި އެވެ.
އައްޑޫގައި ފްލޯޓިން ސޯލާޕެނަލް ހަރުކުރާނެ ބަޔަކު ހޯދަނީ
ތ. އަތޮޅުގައި ސޯލާ ހަކަތައިން ކަރަންޓު އުފައްދަނީ
ފެނަކައިން އެކި ރަށްތަކުގައި ސޯލާ ޕެނަލް ހަރުކުރަނީ
އެސްއީޒެޑްގެ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް ދީފި
ދިއްދޫ ފެނަކަ މުވައްޒަފުން ވަކިކުރި މައްސަލަ މަޖިލީހަށް
ކޮންޓްރެކްޓް އާނުކުރި 53 މުވައްޒަފަކު އިހުތިޖާޖުގައި
4.2 މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި
ސޯލާ ޕެނަލްތައް ބަދަލުކުރަން ހަރަދު ދާނެ: މިނިސްޓްރީ
ދިއްދޫ ފަރަށް އެރުމުން 100 މިލިއަންގެ ޖޫރިމަނާއެއް
ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ނިންމައިފި