04 އޮކްޓޯބަރ 2016
ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯތަކުން ފޮނުވާ އެންމެ މޮޅު ޕްރޮގްރާމާއި ޑޮކިއުމެންޓަރީ އަދި އެންމެ މޮޅު ޕްރެޒެންޓަރުންނަށް އެވޯޑު ދޭން ނިންމައިފި އެވެ.
ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯތަކުން ފޮނުވާ އެންމެ މޮޅު ޕްރޮގްރާމާއި ޑޮކިއުމެންޓަރީ އަދި އެންމެ މޮޅު ޕްރެޒެންޓަރުންނަށް އެވޯޑު ދޭން ނިންމައިފި އެވެ.
މިއަދު ފާހަގަކުރާ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޓީވީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ބްރޯޑްކާސްޓަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑަށް މިއަދުން ފެށިގެން އަންނަ އަހަރުގެ ޖުލައި މަސް ނިމެންދެން ޓީވީންނާއި ރޭޑިއޯތަކުން ފޮނުވާ ޕްރޮގްރާމްތައް ވަޒަންކުރާނެ ކަމަށެވެ.
އެންމެ މޮޅު ޑޮކިއުމަންޓަރީ އަދި ޕްރެޒެންޓަރުންގެ އިތުރުން އެ އެވޯޑު ދެނީ އެންމެ މޮޅު ހަބަރާއި އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގެ އިތުރުން މެދުނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވާ ޕްރޮގްރާމަށާއި މި ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި މީހަކަށް ކަމަށެވެ. އަދި އަންނަ އަހަރަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ތީމް، (ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުން- އެންމެންގެ ޒިންމާއެއް) އަށް އެންމެ ގިނަ ޕްރޮގްރާމް ގެނެސްދިން ބްރޯޑްކާސްޓަރާއި އަހަރުގެ ބްރޯޑްކާސްޓަރުގެ އެވޯޑު ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ޝަހީބު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު
މި ހުރިހާ އެވޯޑުތަކަށް ވެސް ދެނީ ޓްރޮފީއަކާއި ސެޓްފިކެޓެކެވެ.
ޝަހީބު ވިދާޅުވީ އެވޯޑްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ފަނޑިޔާރުންގެ ހާއްސަ ޕެނެލަކުން ކަމަށެވެ. އެގޮތުން ފުރަތަމަ އެވޯޑްގެ ޕެނެލް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ އެވޯޑް ދޭނީ އަންނަ އަހަރުގެ އޮކްޓޯބަރު 4 ގަ އެވެ.
ރާއްޖޭގައި ބްރޯޑްކާސްޓު ކުރުމަށް 47 ފަަރާތަކަށް ލައިސަންސް ވަނީ ދޫކޮށްފަ އެވެ. އެއީ 34 ޓީވީ ޗެނަލާއި 13 ރޭޑިއޯ ސްޓޭޝަނެވެ. އޭގެ އިތުރުން ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް މާލެ އާއި ރަށްރަށުގެ 117 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާއިރު ރީބްރޯޑްކާސްޓު ކުރުމަށް ފަސް ފަރާތަކަށް ހުއްދަދީފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް ފީ ނަގަނީ
ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ސިޔާސީ ޝިކާރައަކަށް ވެއްޖެ، އިސްތިއުފާ ދީފިން: ޝަހީބް
ރާއްޖެ ޓީވީގެ މައްސަލައެއް ނުބަލަން: ބްރޯޑްކޮމް
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު
އަބުރު ބިލްގެ ގިނަ ކަންތައްތަކަށް ބްރޯޑްކޮމްގެ ތާއީދު
އެކްރެޑިޓް ފާސް ދޫކުރާނީ ބްރޯޑްކާސްޓަރުންނަށް:ބްރޯޑްކޮމް
ރައީސަށް ވަގަށް ގޮވާ ލަވަ ނުދައްކަން އަންގައިފި
ބައިސްކޯފު ހުއްޓާލަން އެންގުނީ އޮޅުމަކުން: ބްރޯޑްކޮމް
ދިރާގު ޓީވީގެ ލައިސަންސް މައްސަލަ އަނބުރާ ގެންގޮސްފި