ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ބައްޕަގެ މައްޗަށް ތަހުގީގު ހިންގަން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމަރުކޮށްފި އެވެ.
18 ޖެނުއަރީ 2020
ގއ.ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ބައްޕަގެ މައްޗަށް ތަހުގީގު ހިންގަން 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަޖުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ 33 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 15 ދުވަހަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ހުރި ފްލެޓްގެ ކައިރި އަށް އާއްމުން އެއްވެ މުޒާހަރާކޮށް ހަމަނުޖެހުންތައް ހިނގި ފަހުން ރޭގެ ވަގުތެއްގަ އެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީން މިިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ފުލުހުން ބުނީ ހުޅުމާލޭގައި އޭނާ ހުރީ ފިލާ ނޫން ކަމަށާއި ތަހުގީގަށް އެއްބާރު؛ލުން ދެމުން އަންނަ ކަމަށެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކުއްޖާގެ ބައްޕައާ ގުޅޭގޮތުން ހުށަހަޅާފައިވަނީ، އެ ކުއްޖާގެ މަންމަ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދިއުމުން ކުއްޖާ ދިރިއުޅުނު މާހައުލު ރައްކާތެރި ތަނަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާ އިން، ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ވެސް، ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި، ކުއްޖާ ނުދިން މައްސަލަ އެވެ.
އެ މައްސަލައިގައި ބޮޑު ތުހުމަތު އޮތީ ކުއްޖާގެ ކާފަ އަށެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކޮށްފައި ވަނީ ކާފަ އަށެވެ. އޭނާއާއި ކުއްޖާގެ މުނިކާފަ 15 ދުވަހަށް ބަންދުކުރަން ކޯޓުން ކުރިން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން އެ ތިން މީހުން ވެސް ތަހުގީގަށް ބަންދުކޮށްފައި ތިބީ ދޫނިިދޫގަ އެވެ.
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި
އަވަށްޓެރިން ބިރެއްގައި: ކުދިންނަށް ބަހަނީ ފައިސާ!
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!
ނުރައްކާ އޮތް އާއިލާތަައް މޮނިޓާކުރަން އަންގަނީ
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
"ގައިގައި އަތެއް ނުލައެއްނު! އެވަރުގެ ކަމެއްތަ"؟