19 ޖެނުއަރީ 2020
ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުމުގައި އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލަ ބަލަން ފަށައިފި އެވެ.
ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުމުގައި އަންހެނަކަށް ފުލުހަކު އަނިޔާކުރި މައްސަލަ ބަލަން ފަށައިފި އެވެ.
ގއ. ކަނޑުހުޅުދޫގައި ރޭޕްގެ ޝިކާރައަކަށްވި، ދެ އަހަރު ވެސް ނުވާ ކުއްޖާގެ ބައްޕަ، ދިރިއުޅެމުންދިޔަ ފްލެޓު ކައިރީގައި، ފުލުހުންނާއި އާއްމުންގެ މެދުގައި ހިންގި ހަމަނުޖެހުމުގައި އަނިޔާވީ މެދު އުމުރުގެ އަންހެނަކަށެވެ. އޭނާގެ ނޭފަތާ ދިމާލުން ގިނަ އަދަދަކަށް ލޭ އައިސް ހުއްޓެވެ.
ހަމަނުޖެހުންތަކުގައި، ކުޑަކުއްޖާގެ ބައްޕަ ދިރިއުޅެމުންދިޔަ ފްލެޓުގެ ބިއްލޫރިތައް ތަޅާލާފައިވެ އެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕަ ސްޕްރޭ ވެސް ޖަހާފައިވެ އެވެ.
Aware of an incident where a middle aged woman was allegedly hit by a police officer during the situation near Flat 108 in HulhuMale’ on 17th Jan. I spoke to a family member of the lady yesterday & a team from Professional Standards have visited her. An investigation is launched.
— Mohamed Hameed (@M_Hameedh) January 19, 2020
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީީ ހުޅުމާލޭ ފްލެޓް 108 ކައިރީގައި އޮތް ހާލަތުގެ ތެރޭގައި މެދު އުމުރުގެ އަންހެނެއްގެ ގައިގައި ފުލުސް އޮފިސަލަކު ޖެހި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އާއިލާގެ މެމްބަރަކާ އިއްޔެ ވާހަކަ ދައްކަވާފައިވާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަަނަލް ސްޓެންޑާޑް ޓީމަކުން ވެސް އޭނާ ކައިރި އަށް ޒިޔާރަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މައްސަލައިގެ ތަހުގީގު ވަނީ ފަށާފައި،" ކޮމިޝަނަރުގެ ޓްވީޓުގައި ވެ އެވެ.
އަންހެން މީހާގެ ދަރިއަކު، ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއް
ފުލުހުންގެ ސްޕޯކްސްޕާސަން، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ވިދާޅުވީ، ހުޅުމާލޭގައި ހުކުރު ދުވަހު އޮތް އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި އަންހެނެއްގެ ނޭފަތް ފަޅައިގެން ގޮސްފައިވާ މައްސަލަ ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަމަ އެ ދުވަހު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
"ފުލުހުން ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރުގެ ބޭނުން ކުރެވުނު ގޮތް ރިވިއު ކުރުމަށް އެކުލަވާލާފައިވާ 'ޔޫޒް ފޯސް ރިވިއު ކޮމިޓީ' އިން މިފަދަ ކޮންމެ ހާދިސާއެއް ރިވިއު ކުރާ ފަދައިން އެ ކޮމިޓީން މި ހާދިސާ ވެސް ރިވިއު ކުރަމުންދާ ކަމުގައި ދަންނަވަން،" އިޒްމިއާ ވިދާޅުވި އެވެ.
އަނިޔާވި މީހާގެ އަންހެން ދަރިއަކު ފޭސްބުގައި ލިޔެފައިވާ ގޮތުގައި، އޭނާގެ މަންމަ ގޭ ދޮރުމަތީގައި ހުރީ އޭރު ހިނގަމުން ދިޔަ ކަންތައްތައް ބަލައިލުމަށް ކަމަށެވެ. އެހެން ހުއްޓައި ފުލުހަކު ގޮސް މުގުރުން މަންމަގެ މޫނުގައި ޖަހައި، އެ ސަރަހައްދުގައި ތިބި އެންމެން ގެއަށް ވަންނާށޭ ކިޔައި ހަޅޭއްލެވި ކަމަށް ބުންޏެވެ.
"ދެން އެ މީހުން އަހަރެން ކޮއްޕާލައި މަންމަ މި ކޮއްޕާލީ ބައިސްކަލު ތަކެއްގެ ތެރެއަށް. އެއީ ރޭޕިސްޓެއް ނޫން. އެއީ ކުށްވެރިއެއް ނޫން،" މަންމަ އަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯއާ އެކު އަންހެން ކުއްޖާ ލިޔެފައި ވެ އެވެ.
"މައުސޫމް އެ ކުއްޖާގެ ބައްޕަ، ރަހުމްކުޑަކޮށް ރޭޕްކުރި މީހާ ގެންދިޔައިރު ވެސްޓާއި ހެލްމެޓް އަޅާފައި ހުރި. އެކަމަކު މިއީ، ގޭ ދޮރުމަތީގައި ހުރި ރައްޔިތު މީހާއާ މެދު ފުލުހުން ކަންތައްކުރި ގޮތް."
އެ ހަމަނުޖެހުންތަކާ ގުޅިގެން 27 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ބަންދުގައި 19 މީހުން ތިބިކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަނީ
ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!
އަންހެނެއްގެ ގައިގައި ކަޓަރު އަޅައި ފޭރުނު މައްސަލައެއް
ކުއްޖަކަށް ހަމަލާދިންކަމުގެ ރިޕޯޓެއް ނެތް: ޕޮލިސް
ކެފޭއަށް ގެއްލުން ދިން މައްސަލަ: 7 މީހަކު ހައްޔަރު
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ބޮޑު އޮޕަރޭޝަނެއްގައި 11ކިލޯގެ ކެނަބިސް އަތުލައިގެންފި
ފުލުހުންނަަށް "ހަމަލަދިން" އިތުރު ފަސް މީހަކު ހައްޔަރު
އިލްހާމްގެ ކެފޭއަށް ގެއްލުން ދީ، މީހަކަށް ހަމަލާދީފި
ފުލުހުންނަށް ހަމަލާދިނީ ގޭންގަކުން: ސީޕީ