Roadha Mihaaru

ކެފޭއެއްގައި ބިދޭސީންގެ މާރާމާރީއެއް، އެކަކު ފުލުހުންގެ ބަންދަށް!

ހުޅުމާލެ 1 ގެ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.

ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް

ހުޅުމާލެ 1 ގެ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ރޭ މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ރޭ 10:08 ހާއިރު ރިޕޯޓު ކުރި މި މާރާމާރީ ހިންގީ ނޭޕާލުގެ މީހަކާއި ބަންގްލަދޭޝް މީހެއްގެ މެދުގައި ކަމަށެވެ.

އެ ދެ ގައުމުގެ ދެ ފިރިހެނުންގެ މެދުގައި ހިންގި މި މާރާމާރީގައި ބަންގްލަދޭޝް މީހާ އަށް އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ އަށް އެއްވެސް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެ އެވެ.

މި މައްސަލާގައި ހިމެނޭ ނޭޕާލު މީހާ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ހިނގައިދިޔަ ގޮތް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.