23 ޖެނުއަރީ 2020
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލު އިސްލާހުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާތަކާ ގުޅޭ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލު އިސްލާހުކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ދިނުމާ މެދު ދައުލަތުގެ އިދާރާއަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އިންފޮމޭޝަން ކޮމިޝަނަރަށް އެކަން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން އަޑުއެހުމެއް ބާއްވަން ޖެހެ އެވެ.
އަޑުއެހުންތައް އާންމުކޮށް ހުޅުވާލުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސް، މިއަދު އެ އިސްލާހުތަކަށް އަމަލު ކުރަން ފެށިއިރު، އަޑުއެހުންތަކުގައި ދެ ފަރާތުން ބައިވެރިވުމުގެ އުސޫލުތަކާއި ބަދަލު ހަމަޖެއްސުމުގެ އުސޫލުތައް ވެސް ބަޔާން ކޮށްފައިވެ އެވެ. އަދި އެފަދަ އަޑުއެހުންތަކަށް އާންމުންނަށް ފުރުސަތު އޮތް މިންވަރަކުން ވަދެވުމުގެ ފުރުސަތު ދިނުމުގެ އިތުރުން އަޑުއެހުމަށް ވަންނަ ފަރާތްތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ވެސް ބަޔާން ކޮށްފައިވެ އެވެ.
460/CIR/2020/2 :ޢާއްމު ސިޓީ ނަންބަރު pic.twitter.com/XUyQl4CE7F
— Information Commissioner's Office (@ICOMmv) January 23, 2020
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ކުރި ޓުވީޓް
މީގެ އިތުރުން، އަޑުއެހުން ބޭއްވުމަށް ފަހު މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ ދޫކުރުމާއި އެ ރިޕޯޓް އާންމު ކުރަންޖެހޭ މުއްދަތު ވެސް އެ އުސޫލުގައި ވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފް ކުރެވިދާނެ އެވެ.
މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ގޮތްދޫކޮށްފި
ސިޓީ ކައުންސިލުގެ މުސާރަ އާންމުކުރަން އަންގައިފި
އައިމަން: ސިއްރުކުރުމުގެ ސަގާފަތާ ދެކޮޅަށް ކެރިގެން
އިދާރާތަކުން މައުލޫމާތު ނުދީ ނުހިފެހެއްޓޭނެ: ރައީސް
ފަޅުރަށްތައް ދޫކުރި އެގްރިމެންޓު ދިނުމަށް އަންގައިފި
އެމްޓީސީސީ އާއި އައިކޮމް، ބޮޑު ހިޔާލު ތަފާތުވުމަކަށް
ކޮމިޝަނާގެ ޓްވީޓާއެކު ޓޫރިޒަމް މިނިސްޓްރީ ކަންބޮޑުވެއްޖެ
އައިކޮމް އަޑުއެހުމަށް ޓޫރިޒަމުން ނުދިޔަ! ޖޫރިމަނާކުރަނީ
ރައީސްގެ އެމެރިކާ ދަތުރަށް 4.1 މިލިއަން ޚަރަދުކުރި
"ރަން ވަނަ އެވޯޑް" ނޫސްވެރިންނަށް ވެސް ދެނީ