Roadha Mihaaru
ޓީސީ ދެ ވަނަ އަށް އަރައިފި

ޓީސީ ދެ ވަނަ އަށް އަރައިފި

25 ޖެނުއަރީ 2020

ށ. ފޯކައިދޫ އަތުން 4-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް މިރޭ އަރައިފި އެވެ.

ށ. ފޯކައިދޫ އަތުން 4-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް މިރޭ އަރައިފި އެވެ.

އެ ޓީމު ދެ ވަނައިގައި އޮތީ 19 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. އެކަމަކު 18 މެޗުން 36 ޕޮއިންޓް ހޯދައިގެން ތިން ވަނައިގައި އޮތް ކްލަބް އީގަލްސް މާދަމާ ގްރީންސްޓްރީޓްސް އަތުން މޮޅުވެގެން އަލުން ދެ ވަނަ އަށް އެރޭނެ އެވެ. ތާވަލުގެ އެއް ވަނައިގައި 19 މެޗުން 50 ޕޮއިންޓް ހަމަކޮށްފައިވާ މާޒިޔާ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ގްރީންސްޓްރީޓްސް އޮތީ 18 މެޗުން 26 ޕޮއިންޓް ހޯދައިގެން ހަތަރު ވަނައިގަ އެވެ.

މިރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ދެ ގޯލް ފުރަތަމަ ހާފުގައި ޖަހައިދިނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. ފުރަތަަމަ ލަނޑު ޖެހީ ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ދެ ވަނަ ލަނޑު ޖެހީ އިސްމާއިލް އީސަ (މެސީ) ހުސްކޮށްލާފައި ދިން ފުރުސަތަކުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.

އަނެއް ދެ ގޯލް ދެ ވަނަ ހާފުގައި ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މީގެ ތެރެއިން ދަގަނޑޭ އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގްރީންސްޓްރީޓްސް އިން އެ ޓީމާ ގުޅުނު ކުޅުންތެރިޔެކެވެ. އެ ޓީމުން އޭނާގެ ސޮއި ހޯދި އެންމެ ބޮޑު ބޭނުމަކީ އަންނަ މަހު ފަށާ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަކުރުމެވެ. ދަގަނޑޭ ފުރަތަމަ ގޯލު ޖެހީ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) ނެގި ހުރަހަކުންނެވެ. ދަގަނޑޭގެ ދެ ވަނަ ގޯލު ޖެހީ އޭނާ ފުރަތަަމަ ފޮނުވާލި ބޯޅަ ފޯކައިދޫގެ ކީޕަރު ތޮލާލް ހަސަން (ތޮލާ) މަތަކުރުމުން ދެ ވަނަ ފަހަރަށް ލިބުމުންނެވެ.

ރޭގެ މެޗުގައި އިތުރު ގޯލުތަކެއް ޖަހަން ވެސް ޓީސީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިވަނީ ބޭނުންނުކުރެވިފަ އެވެ.