Roadha Mihaaru
ގިރުމުގެ މައްސަލަ އަންނަނީ ދިރާސާކުރަމުން: ޑރ.ހުސެން

ހައްލު ހޯދަން މިއަންނަނީ ދިރާސާ ކުރަމުން: ޑރ. ހުސެއިން

30 ޖެނުއަރީ 2020

މިދުވަސްވަރު ރާއްޖޭގެ ރަށްރަށް އާދަޔާ ހިލާފަށް ގިރަމުން ދާތީ އެ ކަމަށް ހައްލު ހޯދަން ދިރާސާތައް ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މިދުވަސްވަރު ރާއްޖޭގެ ރަށްރަށް އާދަޔާ ހިލާފަށް ގިރަމުން ދާތީ އެ ކަމަށް ހައްލު ހޯދަން ދިރާސާތައް ކުރަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވި އެވެ.

ބޮޑު ތިލަދުންމަތީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭން އެކުލަވާލަން ށ. ފުނަދޫގައި ފެށި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލަ ދިރާސާކުރުން ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށެވެ.

"އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ސާވޭ ޓީމް މި މައްސަލަތައް ދިރާސާކުރުމަށް މިހާރު ވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސެއިން ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ގުދުރަތީ މާހައުލާއި ނިޒާމުތަކަށް އަންނަ ނޭދެވޭ ބަދަލުތައް ފެންނަމުން ދާ ކަމަށެވެ. މިހާރު ކުރިމަތިވެގެން އުޅޭ ރަށް ގިރުމުގެ ސަބަބުތައް ދެނެގަނެ، ހައްލު ހޯދުމުގެ މަސައްކަތް ވެސް ކުރިއަސް ގެންދަވާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

Faadukiyunthakah Dr. Hussain ge radhdhu: Girumuge massala mi annanee balamun

Faadukiyunthakah Dr. Hussain ge radhdhu: Girumuge massala mi annanee balamun

The most trusted news source in the Maldives

Mihaaru

ރަށްގިރާ މައްސަލަ ބަލަމުން އަންނަ ކަމަށް ވިދާޅުވެ މިނިސްޓަރު ކުރިން ދެއްވި ރައްދު--

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގެ ހަޅައިގައި ރާއްޖޭގެ ބައެއް ރަށްރަށް ގިރަ އެވެ. ނަމަވެސް މި އަހަރު އެ މައްސަލަ މާ ބޮޑެވެ. އަދި ހަޅަ ޖެހުން ވެސް، މާ ބޮޑަށް ދިގުދެމިއްޖެ ކަމަށް، ބައެއް މީހުން ބުނެ އެވެ.

ރަށް ގިރުމުގެ މައްސަލަ ބޮޑުވެ، ބައެއް ރަށްރަށުގެ އެތައް ސަތޭކަ އަހަރު ވީ ގަސްތައް ވެސް ވަނީ ވެއްޓިފަ އެވެ.

ހއ. އާއި ހދ. ގެ އިތުރުން ށ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު މިނިސްޓަރު ހުސެއިން ވަނީ ބައްލަވާލައްވައިފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑުވި ބ. އަތޮޅާއި ރ. އަތޮޅަށް ވެސް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.