Roadha Mihaaru
ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅިއްޖެ

ރާއްޖެ، އަލުން ކޮމަންވެލްތާ ގުޅިއްޖެ

01 ފެބުރުއަރީ 2020

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން އަލުން ކޮމަންވެލްތާ މިއަދު ގުޅިއްޖެ އެވެ.

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން އަލުން ކޮމަންވެލްތާ މިއަދު ގުޅިއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު ރާއްޖެ، ކޮމަންވެލްތުން ވަކިވުމަށް ފަހު، އަލުން އެ ޖަމާއަތާ ގުޅިފައިވާ ކަން އެންގެވީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ގުޅުއްވައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި އެއީ ނޮވެމްބަރު 17، 2018 ގައި މަގާމުގެ ހުވާކުރެއްވުމަށް ފަހު، އެމަނިކުފާނު އެންމެ ފުރަތަމަ ނިންމެވި އެއް ކަންތައް ވެސް މެ އެވެ. އެގޮތުން، ރައީސްގެ އެ ނިންމެވުމަށް، މި ސަރުކާރުގެ ފުރަތަމަ ހަފުތާ ތެރޭގައި ކެބިނެޓުން ރުހުން ދިނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރުހުން ވެސް އޮތީ ދީފަ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން އެންގެވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގުޅުއްވުމުން އެމަނިކުފާނު ވަނީ އެކަމާ އުފާފުޅު ކުރައްވައި ދިވެހި ސަރުކާރށް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ޖަމާއަތާ އަލުން ގުޅުމަކީ ރައީސްގެ ރިޔާސީ ވައުދުގައި ވެސް ހިމެނޭ ކަމެއް ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

Breaking: Commonwealthun vakivaan sarukaarun nimmaifi | Mihaaru

Breaking: Commonwealthun vakivaan sarukaarun nimmaifi | Mihaaru

The most trusted news source in the Maldives

Mihaaru

ރާއްޖެ، ކޮމަންވެލްތުން ވަކިވާން ނިންމިކަން އޮކްޓޫބަރު 13، 2016 ގައި އޭރުގެ ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އާސިމާއި ބަންޑާރަ ނައިބު އަނިލް އިއުލާން ކުރެއްވުން.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެ އިން ކޮމަންވެލްތާ ގުޅިފައި ވަނީ އެ ޖަމާއަތުގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައި ކަން ފާހަގަ ކުރައްވައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ސިޔާސީ މިނިވަން ކަމާއި ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެ އިން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮމަންވެލްތުގެ މައިގަނޑު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އިން ބައިނަލްއަގްވާމީ ކަންކަމުގައި އެ ޖަމާއަތުގެ މެންބަރު އެހެން ގައުމުތަކާ އެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅުމުން އެ ޖަމާއަތުގެ ފުރަތަމަ އެސެސްމަންޓް ޓީމު ރާއްޖެ އައީ ޖެނުއަރީ 2019 ގަ އެވެ. ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ބައްދަލުކޮށް، އެސެސްމަންޓް ހެދުމަށް ފަހު، އޭޕްރީލް 2019 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވް ކުރުމަށް ވެސް ކޮމަންވެލްތުގެ ގްރޫޕެއް ރާއްޖެ އައެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެ އިން ކޮމަންވެލްތާ ގުޅިފައި ވަނީ އެ ޖަމާއަތުގެ 54 ވަނަ މެމްބަރު ގައުމުގެ ގޮތުގައި ކަން ފާހަގަ ކުރައްވައި ކޮމަންވެލްތުގެ ޗާޓަރާއި ހަރާރޭ ޑިކްލެރޭޝަނާ އެއްގޮތަށް އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި ސިޔާސީ މިނިވަން ކަމާއި ޑިކޮމްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެ އިން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ މެމްބަރަކަށް ވުމަށް ރާއްޖެ އިން ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްއާ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުކުރެއްވީ ޖޫން 12، 2019 ގަ އެވެ. އަދި ރާއްޖެ، ކޮމަންވެލްތުގައި އަލުން ބައިވެރިވެރި ކުރުމަށްޓަކައި އެ ޖަމާއަތުގެ ޓީމެއް ދެވަނަ ފަހަރަށް އައިސް އެސެސްމަންޓް ހެދީ އޯގަސްޓް 2019 ގަ އެވެ.

އެހެން ޖަމިއްޔާތަކަށް ވުރެ ބޮޑަށް ކޮމަންވެލްތުން އިސްކަން ދެނީ ކުދި ގައުމުތަކުގެ މައްސަލަ ތަކަށެވެ. ކުރީގެ ތަޖުރިބާ އަށް ބިނާކޮށް، މޫސުމީ ބަދަލުތަކުގެ މައްސަލަ ތަކާއި ވިޔަފާރި އާއި ޒުވާނުން ބާރުވެރި ކުރުވުމާއި ހެޔޮވެރިކަމާއި މީހުން ބިނާކުރުމާއި މިންތީގެ ހަމަހަމަކަމާއި އަދުލުއިންސާފުގެ ދާއިރާތަކުން ރާއްޖެ އާއި ކޮމަންވެލްތާ ގުޅިގެން ކުރިމަގުގައި ގިނަ މަސައްކަތްތަކެއް ކުރެވެން އެބަހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް ފަހު، ރުވާންޑާގެ ވެރިރަށް ކިގާލީގައި މި އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެރިވާނެ އެވެ.

"އަދި ކޮމަންވެލްތުގެ ސަބްސިޑަރީ ޖަމްއިއްޔާތަކުގައި ވެސް ދިވެހިރާއްޖެއިން ބައިވެރިވެ، ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެ އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޔާމީންގެ ސަރުކާރުގައި ރާއްޖެ، ކޮމަންވެލްތުން ވަކިވީ، އޭރު ސަރުކާރުން ބައެއް ކަންކަމުގައި އަމަލު ކުރަމުން އައި ގޮތުން، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ އެ ޖަމާއަތުން ޜާއްޖެ ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އެހެންވެ، ކޮމަންވެލްތުން ވަކިވާން ޔާމީންގެ ސަރުކާރުން ނިންމީ އެ ފިޔަވަޅުން ސަލާމަތް ވުމަށެވެ.