ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފަހު މެޗުން ފޯކައިދޫ އަތުން 3-1 އިން މޮޅުވެ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކުރިއަށް އޮތް އެފްއޭ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުހިފައިފި އެވެ.
03 ފެބުރުއަރީ 2020
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފަހު މެޗުން ފޯކައިދޫ އަތުން 3-1 އިން މޮޅުވެ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ކުރިއަށް އޮތް އެފްއޭ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުހިފައިފި އެވެ.
މި ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ދަ ގްރާންޑޭ އިން ލީގު ނިންމާލީ ފަސް ވަނައިގަ އެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ލީގުގެ ހަތަރެއްގައި ނިންމާލި ގްރީން ސްޓްރީޓްސްގެ އޮތީ 21 މެޗުން 29 ޕޮއިންޓާ އެކު އެވެ.
ތަޖުރިބާކާރު ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި ދަ ގްރާންޑޭ އިން މި ސީޒަން ފެށީ ވަރަށް ރަނގަޅަށެވެ. އެކަމަކު ގައުމީ ޓީމަށް ވަގުތު ދޭން ނެގި ބްރޭކްތަކުގެ ސަބަބުން އޭގެ ގޯސް އަސަރު އެންމެ ބޮޑަށް ކުރި އެއް ޓީމަކީ ދަ ގްރާންޑޭ އެވެ. މާލީ މައްސަލަތަކުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވި އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރިއަށް ނުގެންދެވުމަކީ ވެސް އިންމަ އަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
ލީގުގެ ފަހު މެޗަށް ރޭ ދަ ގްރާންޑޭ އިން ނުކުތްއިރު އެ ޓީމުގެ އަމާޒަކަށްވެފައި އޮތީ މޮޅަކާ އެކު ނިންމާލުމެވެ. އެކަން ހާސިލްކުރެވުނީ ވަރަށް ރަނގަޅަށް މަސައްކަތްކޮށްގެންކަން އިންމަ ވަނީ ފާހަގަކޮށްފަ އެވެ.
"ފުރަތަމަ ހާފް އަޅުގަނޑުމެން އަތުގައި ގޭމް އޮތް ނަމަވެސް ތަންކޮޅެއް ފަސޭހަކޮށް ދިޔައީ. ދެ ވަނަ ހާފްގައި އެ ކަންތައްތައް ރަނގަޅުކޮށް ރަނގަޅު ޕާފޯމަންސަކާ އެކީ މި މޮޅުވީ. މި ނަތީޖާގައި މޮޅަކާ އެކު ނިންމާލުމުގެ ހިތްހަމަ ޖެހޭ. ކުޑަ ބްރޭކެއް ދިނުމަށް ފަހު ރަނގަޅު ނަތީޖާތަކެއް ނެރެން އަމާޒުކޮށް އަޅުގަނޑުމެން އެފްއޭ ކަޕަށް ޕްރެކްޓިސް ފަށާނަން،" އިންމަ ބުންޏެވެ.
އެފްއޭ ކަޕް ފަށާނެ ސީދާ ތާރީހެއް ރަސްމީކޮށް އެފްއޭއެމުން އިއުލާނުކޮށްފައިނުވި ނަމަވެސް އެ މުބާރާތަށް ޓީމުތަކުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ފޯކައިދޫން ވެސް އެ މުބާރާތަށް ތައްޔާރުވާ ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ބުނެފަ އެވެ.
މި ސީޒަން އެންމެ ކުރިން ފެށި އެއް ޓީމަކީ ފޯކައިދޫ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ވެސް ކުޅުނު ފޯކައިދޫ އަށް މާލީ ގޮތުން އެހީތެރިކަމެއް ނުލިބި އެ ޓީމުގެ ގިނަ ކުޅުންތެރިން ކުޅުނީ މުސާރަ ނުލިބި ކަމަށް ނިސްތާރު ވަނީ މީގެ ކުރިން ބުނެފަ އެވެ. އެ ފަދަ ހާލަތެއްގައި އޮވެ ޓީމު ގަދަ ހަޔެއްގައި ނިންމާލުމުން ހިތްހަމަ ޖެހޭ ކަމަށް ނިސްތާރު ބުންޏެވެ.
ފޯކައިދޫއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ދަ ގްރާންޑޭގެ ތިން ގޯލު ވެސް ޖެހީ އެ ޓީމަށް ކުޅޭ އިރާގުގެ ފޯވާޑް އޮބައިދާ ކަދުމް އެވެ. ފޯކައިދޫގެ ހަމައެކަނި ލަނޑު ޖެހީ ހަސަން ފުވާދު (ޖެކް) އެވެ.
ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އާއި ދެ ވަނައިގައި އޮތް އީގަލްސް ބައްދަލުކުރާ މެޗެވެ. އެ މެޗު އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހު އެވެ. އެ މެޗު ފަސްކުރީ މާޒިޔާ އިން އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ކުޅޭތީ އެވެ.
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
މާޒިޔާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް
ޓީސީން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި
ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ނިލަންދޫ އާއި ދަ ގްރާންޑޭ އެއްވަރު
ޔޫވީ އާއި ދަ ގްރާންޑޭ އެއްވަރުވެއްޖެ
ފޯކައިދޫ އާއި ދަ ގްރާންޑޭ އެއްވަރު
ޓީސީން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި