Roadha Mihaaru
ގައުމީ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް

ގައުމީ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް

06 އޮކްޓޯބަރ 2016

ރެޑްލައިން ކްލަބުގެ މައްޗަށް 54-72 ޕޮއިންޓުން ކުރި ހޯދައި 35 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް ބީސީ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރެޑްލައިން ކްލަބުގެ މައްޗަށް 54-72 ޕޮއިންޓުން ކުރި ހޯދައި 35 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް ބީސީ ހޯދައިފި އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ލީގު ޗެމްޕިއަން ޓީރެކްސް ހޯދި މޮޅާ އެކު އެ ޓީމު ފައިނަލުން ޖާގަ ކަށަވަރުކުރިއިރު، ރެޑްލައިނަށް އަދި މުޅިން ފުރުސަތު ނުގެއްލެ އެވެ. އެ ޓީމަށް ޖެހޭނީ، ރޭ ކުޅުނު ދެ ވަނަ ސެމީ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އަތުން 100-37 ޕޮއިންޓުން މޮޅުވި ދަ ބައުސްއާ ދެކޮޅަށް ތިން ވަނަ ސެމީގައި މިރޭ ކުޅޭށެވެ. ހޮނިހިރު ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ މިރޭގެ މެޗުން މޮޅުވާ ޓީމަކަށެވެ.

ރެޑްލައިން އަތުން އިއްޔެ ޓީރެކްސް މޮޅުވިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީރެކްސްގެ ރިކިން ޕެތާނީ އެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ނަގައިދިނީ 23 ޕޮއިންޓް އެއްކުރި އަހުމަދު ޒަބީރެވެ. ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ރިޝްފާން ރަޝީދާއި އަހުމަދު ފިރާޝެވެ. ކޮންމެ ކުޅުންތެރިޔަކު 11 ޕޮއިންޓް އެއްކޮށްދިނެވެ.

ރޭ ކުޑަހެންވޭރު ޔުނައިޓެޑް އަތުން ބައުސް އިން ތަފާތު ބޮޑު މޮޅެއް ހޯދިއިރު އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ މާކޯ ސަމަނޮވިޗެވެ. އޭނާ ވަނީ މެޗުގައި ޖުމްލަ 36 ޕޮއިންޓް އެއްކޮށްފަ އެވެ. ކުޑަހެންވޭރަށް ބަލާއިރު އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިން ސުއާދު ސައީދަށް ހޯދުނީ ނުވަ ޕޮއިންޓެވެ.