ކ. މާފުށީގެ މަގުމަތީގައި ބިކިނީގައި ހުރި ޓޫރިސްޓު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
09 ފެބުރުއަރީ 2020
ކ. މާފުށީގެ މަގުމަތީގައި ބިކިނީގައި ހުރި ޓޫރިސްޓު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އިމްރާން ވިދާޅުވީ، އެ އަށް ވުރެ ރަނގަޅަށް އެ ހާލަތު ފުލުހުންނަށް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެހެން އެކަން ނުވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެކަމަކު، ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލުކުރީ ވަރަށް ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އޭގެ ފަހުން، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނަކު ހައްޔަރު ކުރަން ފިރިހެން ފުލުހުން ހަރަކާތްތެރި ވުމަކީ ރާއްޖޭގެ ރީތި ނަން ޚަރާބުވާނެ ކަމެއް ކަމަށެވެ. އަންހެން ޓޫރިސްޓް ހައްޔަރުކުރަން ފިރިހެން ފުލުހުން ހަރަކާތްތެރިވި ހަރަކާތްތެރިވުން އެމަނިކުފާނު ސިފަކުރެއްވީ "ގަޔަށް ބޮލަށް އެރުން" ކަމަށެވެ.
Maafusheegai touristaku hayyaru kuree gohun noon kamah dhekevey kamee kanboduvun ithuruva kameh. Haalathai nubahdhal baaruge beynun kurumai,anheneh ge gayah bolah firihen fuluhun erumai,mi enme kankamee Raajjeyge reethi nan kharaabuve tourist viyafaariah nuhanu gellunvaane kankan
— Mohamed Nasheed (@MohamedNasheed) February 9, 2020
"ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެނުން އެރުމާއި މި އެންމެ ކަންކަމީ ރާއްޖޭގެ ރީތި ނަން ޚަރާބުވެ، ޓޫރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން،" އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެކަމަކު، މިދިޔަ ހުރުކު ދުވަހު ހަވީރު މާފުށީ މަގުމަތީގައި ބިކިނީގައި އުޅުނު އިނގިރޭސި ވިލާތުގެ ޓޫރިސްޓް އަންހެންމީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވުމާ ގުޅިގެން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި އެރޭ ވިދާޅުވީ، ފުލުހުން އަމަލުކުރީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އެކަމާ ވަގުތުން މާފަށް އެދިވަޑައިގެން، އެކަން ހިނގައިދިޔަ ގޮތުގެ ތަހުގީގު ފެއްޓެވިކަން ޓުވިޓާގައި އިއުލާން ކުރެއްވި އެވެ.
މާފުށީގައި ޓޫރިސްޓް ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯއެއް ފުރަތަމަ އާއްމުވުމާ އެކު އާއްމުންގެ ފާޑުކިއުން ފުލުހުންނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އެއްވެސް އަންހެން ފުލުހަކު، ނެތި މުޅިން ވެސް ފިރިހެން ފުލުހުންތަކެއް ވެގެން، އިހާނެތި ގޮތަކަށް ޓޫރިސްޓު އަންހެންމީހާ ހައްޔަރު ކުރަން އުޅުމެވެ. ދިފާއުގައި ފުލުހުން ބުނެފައި ވަނީ މާފުށީގައި ފިރިހެން ފުލުހުން ނެތުމުން އެވަގުތު ފިރިހެން ފުލުހުން ހަރަކާތްތެރިވާން ޖެހުނީ ކަމަށެވެ.
އެ އަންހެންމީހާ ހައްޔަރު ކުރުމުގެ ކުރިން، އޭނާ އަށް ނަސޭހަތްދީ ހުއްޓުވަން އުޅުނު ނަމަ، މަންޒަރު އެއަށް ވުރެ ރީތި ވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
ނަމަވެސް، އެކަން ހިނގައިދިޔަ ގޮތް ފެންނަ އެހެން ވީޑިއޯއެއް އިއްޔެ އާއްމުވުމާ އެކު، އެކަމާ ގުޅޭގޮތުން ބައެއް މީހުންގެ ހިޔާލު ތަފާތުވި އެވެ. އެ ވީޑިއޯ އިން ފެންނަނީ، އަންހެން މީހާ އަތުގައި ބިޑިއެޅުވުމުގެ ކުރިން، ބިކިނީގައި މަގުމަތީގައި ނޫޅެވޭނެ ކަމަށް ބުނެ ފުލުހުން ނަސޭހަތްދޭ މަންޒަރެވެ. އެކަމަކު އަންހެން މީހާ އެކަމާ ދެކޮޅު ހެދި އެވެ. އަދި ފަހުން ފުލުހުން ހައްޔަރުކުރަން އުޅުމުން ވަރަށް ބޮޑަށް ގަދަ ދެއްކި އެވެ.
ފަހުގެ ވީޑިއޯއާ އެކު، ސީޕީ ހަމީދު ފުލުހުން ގޯސް ކުރައްވައި ކުރެއްވި ޓުވީޓާ މެދު ވެސް އެތައް ބަޔަކު މިހާރު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
ޓޫރިސްޓްގެ ކިބައިން މަޖިލިސް މާފަށް އެދިއްޖެ
ޓޫރިސްޓް ހައްޔަރުކުރީ ވަަރަށް ގޯސްކޮށެއް ނޫން: އިމްރާން
ޓޫރިސްޓް މީހާއާ މެދު އަމަލުކުރީ ގޯސްކޮށް: ސީޕީ ހަމީދު
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!
މާފުށިން ޓޫރިސްޓަކު ހައްޔަރުކުރުން: މިހާރު ތައުރީފް!
އަނދިރި ދައުލަތެއް ފުލުހުންގެ ތެރެއަކު ނެތް:ކޮމިޝަނަރު
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ހަނީމޫނަށް މަރުގެ ނިމުމެއް، ދެއްކީ ހުސް އިހުމާލު!
ބިޒްނާސް މޯލްޑިވްސް މުވައްޒަފުން ހިބަޅިދޫން ބާލަނީ!
ލޯންޗަކުން ޖެހި ޒަހަމްވި ޓޫރިސްޓަކު ބަދަލު ހޯދަނީ!