Roadha Mihaaru
ޖިންސީގޯނާކުރުމުގެ ދައުވާ ކާފަ އާއި މުނިކާފަ އަށް

ކުޑަ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލައިގައި ކާފަ އާއި މުނި ކާފަ އަށް ދައުވާކޮށްފި

13 ފެބުރުއަރީ 2020

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ 62، އާއި އަންނާރުމާގެ، ހަސަން މޫސާދީދީ 82ގެ މައްޗަށް ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށެވެ. އެ ދެ މީހުންނަށް އުފުލީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ ކުރެއްވި ޓުވީޓް.

އެ ކުއްޖާ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތަށް އެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އޭނާގެ މައްޗަށް ޖިންސީގޯނާގެ ތުހުމަތެއް ނުކުރެ އެވެ.

ޕީޖީ އިއްޔެ ވިދާޅުވެފައި ވަނީ ޖިންސީގޯނާކުރި މައްސަލައިގެ އިތުރުން އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ވެސް ދައުވާ އުފުލަން ނިންމާފައިވާ ކަމަށެވެ.

އެއް އަހަރާއި ނުވަ މަހުގެ ކުއްޖާ ދިރިއުޅުނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މަންމަ އާއި ބައްޕައާ އެކުގަ އެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނި ކާފަ ވެސް އުޅުނީ އެ ގޭގަ އެވެ.

ކާފަ އާއި މުނި ކާފަގެ ފަރާތުން އަނިޔާލިބެމުން ދިޔަކަން އެ ކުއްޖާ މަންމަގެ ފަރާތު އާއިލާއާ ހިއްސާކުރީ އަމިއްލަ އަށެވެ.

އެ ކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަގެ ފަރާތުން އެ ރަށުގެ އެހެން ކުދިންނަށް އެ ބިރު ކުރިމަތިވެފައިވެ އެވެ. މުނި ކާފަ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ރެކޯޑު މުއައްސަސާތަކުގައި އޮވެ އޭނާ ދޫކޮށްލާފައި ހުރި އިރު، އަމިއްލަ ދަރިއަކާ ބެހެން އުޅުމުގެ ތުހުމަތު ކާފަ އަށް ވެސް ކުރެ އެވެ. އޭނާގެ އަންހެނުންނަށް އެނގޭ ކަމަށް ތުހުމަތުކުރާ އެ މައްސަލަ މުއައްސަސާއެއްގައި ރިޕޯޓް ނުކުރީ އެވެ.

ސަބަބެއް ކަމަށް ކަނޑުހުޅުދޫގެ ރައްޔިތުން ބުނަނީ، ކާފަ އާއި މުނި ކާފަގެ އާއިލާގެ ނުފޫޒު އެ ރަށުގެ މުއައްސަސާގެ ތެރޭގައި ގަދަވުމެވެ. އެހެންވެ ރިޕޯޓް ކުރިއަސް ފިޔަވަޅު އެޅޭނެ ކަމުގެ ޔަގީން ކަމެއް ނެތީ އެވެ.