Roadha Mihaaru
ސްނޯކްލިން އަށް ދިޔަ މީހަކު މަރުވެއްޖެ

ސްނޯކްލިން އަށް ދިޔަ މީހަކު މަރުވެއްޖެ

15 ފެބުރުއަރީ 2020

އއ. މާޔާފުށި ރިސޯޓު ކައިރި އަށް ސްނޯކްލިން އަށް ދިޔަ މީހަކު މިރޭ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އއ. މާޔާފުށި ރިސޯޓު ކައިރި އަށް ސްނޯކްލިން އަށް ދިޔަ މީހަކު މިރޭ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރިސޯޓު ކައިރީގައި އޮތް ސަފާރީއަކުން ސްނޯކްލިން އަށް ދިޔަ މީހަކު މަރުވެގެން 9:40 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

"މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ އަތޮޅު މަޑިވަރު ކައިރިއަށް ޓޫރިސްޓުންތަކަކާއެކު ސްނޯކްލިން އަށް ގޮސް އުޅުނު ޒުވާނެއް ވެސް އިއްޔެ ހަވީރު ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި މަރުވީ ރަސްދޫ ޑައިވް ސެންޓަރުގައި މަސައްކަތްކުރާ، ރ. މީދޫ ދެރަހަ، އަބްދުﷲ އަޒްވާން 22، އެވެ. އަޒްވާން، ކަނޑުގެ 23 މީޓަރު އަޑިން ނަގައިގެން އއ. ރަސްދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެނގިފައި ވެ އެވެ.