08 ޖުލައި 2021
އައްޑޫ އީކުއޭޓަ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުން އައި ޖަރުމަނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އައްޑޫ އީކުއޭޓަ ވިލެޖުގައި ޗުއްޓީ ހޭދަކުރަމުން އައި ޖަރުމަނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 44 އަހަރުގެ އެ ފިރިހެންމީހާގެ ހަށިގަނޑު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ސިފައިންގެ ޑައިވަރުން އެ މީހާ ނަގައިގެން ސ. ފޭދު އަށް ގެންދިޔައީ މިއަދުގެ ހަވީރު 4:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ މީހާގެ ރިޕޯޓު އެމްއެންޑީއެފަށް ދީފައި ވަނީ 3:30 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ، އީކުއޭޓާ ވިލެޖުގެ އިރު އުތުރު ފަރު ބޭރުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފްރީ ޑައިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
ޑައިވިނަށް ދިޔަ ޖަރުމަނުގެ އަންހެނަކު މަރުވެއްޖެ
ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
މީދުއްޕަރުގައި ސްނޯކްލިނަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ޓޫރިސްޓުން ގެއްލުނު ހިސާބުން ދެ ހަށިގަނޑު ފެނިއްޖެ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން
ޓެރަރިޒަމް އޮޕަރޭޝަނުގައި 13 މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމް އޮޕަރޭޝަނެއް މާލެ އާއި އައްޑޫގައި ފަށައިފި
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު