Roadha Mihaaru
ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި

ލަންޑަނުގެ ބޮޑު މިސްކިތުގައި އިމާމަށް ހަމަލާދީފި

21 ފެބުރުއަރީ 2020

ލަންޑަން (ފެބްރުއަރީ 21) - އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ އެންމެ ބޮޑު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ސެންޓްރަލް މަސްޖިދުގައި، އެ މިސްކިތުގެ އިމާމަށް ވަޅިއަކުން މީހަކު ހަމަލާދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ފެބްރުއަރީ 21) - އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ އެންމެ ބޮޑު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ސެންޓްރަލް މަސްޖިދުގައި، އެ މިސްކިތުގެ އިމާމަށް ވަޅިއަކުން މީހަކު ހަމަލާދީފި އެވެ.

ރީޖަންޓްސް ޕާކާ ކައިރީގައި ހުންނަ މިސްކިތުގެ އުމުރުން ދުވަސްވީ އިމާމަށް ހަމަލާދީފައި ވަނީ އިއްޔެގެ އަސަރު ނަމާދު ވަގުތު އެވެ. ހަމަލާގެ ޚަބަރު މެޓްރޯޕޮލިޓަން ފުލުހުންނަށް އެންގުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަމަލާ ދިން މީހާ ހައްޔަރުކޮށްފަ އެވެ. ފުލުހުން ދަންދެން އެ މީހާ ހިފެހެއްޓީ މިސްކިތުގައި ތިބި މީހުންނެވެ.

ލަންޑަނުގެ ރީޖާންޓްސް ޕާކު ކައިރީގައި ހުންނަ ސެންޓްރަލް މަސްޖިދުގައި ބަޔަކު ނަމާދު ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

ލަންޑަނުގެ ރީޖާންޓްސް ޕާކު ކައިރީގައި ހުންނަ ސެންޓްރަލް މަސްޖިދުގައި ބަޔަކު ނަމާދު ކުރަނީ. --އޭއެފްޕީ ފައިލް ފޮޓޯ

އުމުރުން 70 ގެ އަހަރުތަކުގެ އިމާމަށް ދިން ހަމަލާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ފުލުހުން ނުބަލަ އެވެ. އަނިޔާ ލިބުނު އިމާމަށް ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

މަންޒަރު ދުށް މީހެއް ކަމަށްވާ އަބީ ވާތިކް ބުނީ ހަމަލާ ދިން މީހާ ހުރީ އިމާމުގެ ފަހަތުގައި ކަމަށާއި އޭނާ ހުރީ އިމާމް ނަމާދު ފަށަންދެން މަޑުކޮށްގެން ކަމަށެވެ. ހަމަލާ ދިން މީހާ ހުއްޓުވީ ނަމާދަށް ތިބި މީހުން ނަމާދު ދޫކޮށްލުމަށް ފަހު އެވެ. އެހެން ނޫން ނަމަ އިމާމުގެ ފުރާނަ އަށް ނުރައްކާވީ ވެސް ކަމަށް ބައެއް މީހުން ބުންޏެވެ.

ހަމަލާ ދިން މީހާ މިސްކިތް ތެރޭން ހައްޔަރު ކުރަނީ. --ފޮޓޯ: މުރްޝިހާބިބް

ހަމަލާ ދިން މީހާ މިސްކިތް ތެރޭން ހައްޔަރު ކުރަނީ. --ފޮޓޯ: މުރްޝިހާބިބް

ލަންޑަނުގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ އަޅުކަންކުރާ ތަންތަނުގެ ރައްކާތެރިކަން މެޓް ޕޮލިހުން ކަށަވަރުކޮށްދޭނެ ކަމަށެވެ. ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ މިސްކިތުގައި ދިން ހަމަލާއާ ގުޅިގެން ހިތާމަފާޅު ކުރައްވައިފަ އެވެ.