Roadha Mihaaru
ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މަރު

ހުކުރު ވަގުތު މިސްކިތުގައި ދިން ހަމަލާގައި 62 މީހުން މަރު

19 އޮކްޓޯބަރ 2019

ކާބުލް (އޮކްޓޯބަރު 19) - އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަހާރް ޕްރޮވިންސްގައި އިއްޔެގެ ހުކުރު ވަގުތު މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އޮކްޓޯބަރު 19) - އަފްޣާނިސްތާނުގެ އިރުމަތީގެ ނަންގަހާރް ޕްރޮވިންސްގައި އިއްޔެގެ ހުކުރު ވަގުތު މިސްކިތުގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.

ބޮމުގެ ހަމަލާގެ ބާރުގަދަވުމުގެ ސަބަބުން މިސްކިތުގެ ފުރާޅު ވެސް ވަނީ ހަލާކުވެފަ އެވެ. ބޮމުގެ ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލައިފައެއް ނުވެ އެވެ. ތާލިބާނުން ބުނެފައި ވަނީ އެއީ އެ މީހުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ.

ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާން އަތާއުﷲ ޚޯގްޔާނީ ވިދާޅުވީ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 36 އަށް އަރާ ކަމަށެވެ.

"އެއީ ހިތް ހަލާކުވާފަދަ މަންޒަރެއް،" ހަމަލާގެ މަންޒަރު ދުށް މީހެއް ކަމަށްވާ މާލިކް މުހައްމަދު ގުލް ޝިންވާރީ ބުންޏެވެ.

ޕްރޮވިންސް ކައުންސިލްގެ މެންބަރެއް ކަމަށްވާ ސޮހްރާބު ގަދަރީ ވިދާޅުވީ މިސްކިތުގެ ވެއްޓިފައިވާ ބައިތަކުގެ ދަށުން މީހުން ފެންނަމުންދާތީ، މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިސްކިތުގައި ބޮމުގެ ހަމަލާ ދިން އިރު އދ. އިން ބުނެފައި ވަނީ މިދިޔަ ޖުލައިން ސެޕްޓެމްބަރުގެ ނިޔަލަށް އަފްޣާނިސްތާނުގައި ދިން ހަމަލާތަކުގައި އާއްމުންގެ 1،174 މީހުން މަރުވެފައިވާ ކަމަށެވެ.