ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ކުރުމުން ރުޅިގަދަވެ ގިނަ ރަށްތަކެއްގައި އެއްފަހަރާ މިއަދު މުޒާހަރާކޮށްފި އެވެ.
07 އޮކްޓޯބަރ 2016
ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ކުރުމުން ރުޅިގަދަވެ ގިނަ ރަށްތަކެއްގައި އެއްފަހަރާ މިއަދު މުޒާހަރާކޮށްފި އެވެ.
ކާޑުގެ އަގު ހެޔޮކުރަން ގޮވާލައި އެތައް ރަށަކުން ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުތީ، ނުރުހުންފާޅުކުރުމުގެ ޝުއޫރުތައް ލިއެފައިވާ ބޯޑުތަކާ އެކުގަ އެވެ. ބޯޑުތަކުގައި ލިއެފައިވާ ގޮތުގައި ކާޑުގެ އަަގަށް މި ގެނައި ބަދަލަކީ ރައްޔިތުން "ބަނޑަށް ޖައްސަން" ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
މި ބަދަލުގެ ސަބަބުން ނިކަމެތި އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ ތަކުލީފް އުފުލަން ޖެހިފައިވާ ކަމަށް ވެސް ލިއެފައިވެ އެވެ. ކާޑުގެ އަގުބޮޑުކުރީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ކަމަށް ބުންޏަސް އެއީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބައެއް ރަށްތަކުން މުޒާހަރާގައި ގޮވަމުން ދިޔަ އެވެ.
މި މުޒާހަރާތަކުގައި ސަރުކާރަށް ފާޑުކިޔައި ޝުއޫރުފާޅުކޮށްފައިވާ ބޯޑުތައް ގިނަ އެވެ. ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގު އަތްނުފޯރާ ފަށުގައި ހުރިއިރު މާދަމާ އަގުބޮޑުކުރާނީ ކޮން ހިދުމަތަކުންތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލުން ރައްޔިތުންނަށް ނިކަމެތިކަން ލިބިފައިވާ ކަމަށް ބުނެ ގއ. ވިލިނގިލީގައި މުޒާހަރާކުރަނީ.
ގިނަ ރަށްތަކެއްގައި މިއަދު މުޒާހަރާކުރިއިރު ކާޑުގެ އަގަށް މި މަހު އެކަކުން ފެށިގެން ގެނައި ބަދަލާއެކު ސިލްސިލާކޮށް ދަނީ މުޒާހަރާ ކުރަމުންނެވެ. މި ،މައްސަލާގައި އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ވެސް ބޮޑު މުޒާހަރާއެއްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ބޯޑުތައް ހިފައިގެން ބަޔަކު މުޒާހަރާކުރަނީ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ އަގު ބޮޑުކުރުމުން ހދ. ކުޅުދުއްފުށީގައި މުޒާހަރާކުރަނީ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ކާޑުގެ އަގުބޮޑު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
"ރައްޔިތުން ބަނޑަށް ޖައްސައި ގައުމު ބަނގުރޫޓްކޮށްފި"
ކާޑުގެ އަގުބޮޑުކުރުމުން އައްޑޫގައި މުޒާހަރާކޮށްފި
ސޫދާންގެ މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފި
އެއްވެ އުޅުމަށް ހުރަސްއެޅި ގާނޫނު މިހާރު "އޯކޭ"؟
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލަން ވިސްނުމެއް ނެތް
ދީނާ ބެހުމަށް ފަހު ޑިމޮކްރަސީގެ ނަން ބޭނުމެއްނުކުރެވޭނެ
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
"ކާޑުގެ އަގު ބޮޑުކުރުމަކީ ފަސޭހަ ނިންމުމެއް ނޫން"
އިސްތިރި، ރޭޑިއޯ، ރައިސް ކުކަރު... ފަގީރެއް ނޫން!
ކާޑުގެ މައްސަލާގައި އެސްޓީއޯގެ ފިހާރައެއް ބަންދުކޮށްފި