23 ފެބުރުއަރީ 2020
ދައުލަތުގެ ބަޖެޓު ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ނަގާ ބޮންޑު ވިއްކޭ ވަރުވާނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ދައުލަތުގެ ބަޖެޓު ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ނަގާ ބޮންޑު ވިއްކޭ ވަރުވާނީ މި އަހަރުގެ މެދު ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީގެ ބަޖެޓުގައި ވަނީ 300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަން ކަނޑައަޅައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ބޮންޑަކީ ޖަޕާން ބޭންކް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް) އިން ގެރެންޓީ ކޮށްދޭނެ ބޮންޑެއް ކަމަށެވެ.
މިކަމުގައި މިހާރު ކުރިއަށް ދަނީ ޖޭބިކްގެ އިންޓާނަލް އެޕްރޫވަލް ޕްރޮސެސްގެ މަސައްކަތްތަކެވެ. މި ބޮންޑު އިޝޫކުރުމުގެ މަސައްކަތް ފެށޭނީ ޖޭބިކް އިން ކޮންފޮމޭޝަން ދިނުމުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ދައުލަތުގެ ބަޖެޓު އިއުލާނު ކުރުމަށްފަހު، ބަޖެޓު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، މި އަހަރު ވިއްކާނީ "ސަމުރާއީ ބޮންޑެ"އް ކަމަށެވެ. މީގެ ކުރިން ސަރުކާރުން ވިއްކާފައިވާ ޓީ ބޮންޑުތަކަށް ވުރެ މާ ރަނގަޅު އަގެއްގައި އެ ބޮންޑު ވިއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަމުރާއީ ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮންޑެވެ. ފިނޭންސް މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 ޕަސެންޓެވެ. ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީއާ އެކު މިއަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މި ބޮންޑު އިޝޫ ކުރަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން 8 އަހަރުން މެޗުއާވާ އަދަދަކާއި 9 އަހަރުން މެޗުވާއާ އަދަދެއްގެ އިތުރުން 10 އަހަރުން މެޗުއާވާ އަދަދެއް ހިމެނޭނެ އެވެ. ކޮންމެ ޓްރާންޗެއްގައި ހިމެނޭނީ 100 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މާލީ މުއާމަލާތްތަކުގައި ޓްރާންޗަކީ ސެކިއުރިޓީސް ވިއްކާއިރު އެއް ޓްރާންސެކްޝަނެއްގެ ގޮތުގައި އެކަމަކު އެކު ފަހަރުމަތިން ވިއްކާ ނުވަތަ އޮފާ ކުރާ ކޮންމެ ޑީލެކެވެ.
މި ސަރުކާރުން ސޮވެރިން ބޮންޑެއް ވިއްކާ އިރު މީގެ ކުރިން ރާއްޖެއިން ފުރަތަމަ ފަހަރަށް ސޮވެރިން ބޮންޑެއް ވިއްކާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން 2017 ވަނަ އަހަރު އެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފައިވާއިރު 2018 ވަނަ އަހަރު ވަނީ 250 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކައިފަ އެވެ.
ބޮންޑުގެ ބާކީ އޮތް 894 މިލިއަން ދައްކާ ހަލާސްކުރަނީ
ކުރީ ސަރުކާރުގެ ބޮންޑަކީ ފައިސާ މެނޭޖްކުރަން ހުރަހެއް
ދަރުމަވަންތަ ވިއްކައި، ރަހުނެއް ނުކުރާނެ: ފިނޭންސް
ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަނީ
ސޮވެރިން ބޮންޑު ވިއްކުމުގެ ވިސްނުން ދޫކޮށްލައިފި
"200 މިލިއަން ލިބިއްޖެނަމަ ބޮންޑު ނުވިއްކާނަން"
100 މިލިއަން ޑޮލަރުގެ ބޮންޑް ވިއްކުން އާ ސަރުކާރަށް
"ބޮންޑުގެ 200 މިލިއަން ޑޮލަރު އަންނަ މަހު ލިބޭނެ"
ބޮންޑް ވިއްކުމުން ވިޔަފާރިތަކަށް ފައިދާ ވާނެ: ސަރުކާރު
ސޮވަރިން ބޮންޑު ވިއްކުމަށް އެހީތެރިވާނެ ބަޔަކު ހޯދަނީ