ޕްލާސްޓިކް ބޭނުން ކުރުން މަދުކޮށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒް އާއި ބްލޫޔޫ ކޮންސަލްޓިން ގުޅިގެން ލ. އަތޮޅުގެ މަސް ދޯނިތަކުގައި ވޯޓާ ޕިއުރިފަޔާތައް ބަހައްޓަން ޕްރޮޖެކްޓެއް ފަށައިފި އެވެ.
26 ފެބުރުއަރީ 2020
ޕްލާސްޓިކް ބޭނުން ކުރުން މަދުކޮށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒް އާއި ބްލޫޔޫ ކޮންސަލްޓިން ގުޅިގެން ލ. އަތޮޅުގެ މަސް ދޯނިތަކުގައި ވޯޓާ ޕިއުރިފަޔާތައް ބަހައްޓަން ޕްރޮޖެކްޓެއް ފަށައިފި އެވެ.
މި ޕްރޮޖެކްޓު ފެށުމުގެ ގޮތުން ލ. މާންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ބްލޫޔޫ ކޮންސަލްޓިންގެ ފަރާތުން ރާއްޖޭގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ ޝާކިރު މުހައްމަދު ވިދާޅުވީ ލ. އަތޮޅުގައި އެކަނި ވެސް ކޮންމެ ދަތުރަކު މަސްދޯނިތަކުން އެވްރެޖްކޮށް 45 ކޭސް ފެން ބޭނުން ކުރާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން އެއްފަހަރާ ބޭނުން ކޮށްލުމަށް ފަހު އުކާލާ ޕްލާސްޓިކް މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮރައިޒަނުން މި ޕްރޮގްރާމުގެ ދަށުން ވޯޓާ ޕިއުރިފަޔާތައް ބަހައްޓާނީ އެ ކުންފުންޏާއި ބުލޫޔޫ ގުޅިގެން އުފައްދާފައިވާ "ފެއާ ޓްރޭޑް" ޕްރޮގްރާމުގައި ބައިވެރިވާ ދޯނިތަކުގަ އެވެ. މި ޕްރޮގްރާމަކީ މަސް ދޯނިތަކުން ހޮރައިޒަނަށް ކިރާ މަހުން ޕްރިމިއަމް ލިބޭ ގޮތައް އުފައްދާފައިވާ ޖަމިއްޔާތަކެކެވެ. މި ޖަމިއްޔާތައް މިހާރު އުފައްދާފައިވަނީ އެ އަތޮޅުގެ ކުނަހަންދޫ އާއި ގަމާއި މާބައިދޫ އާއި މާމެންދޫ އަދި ހިތަދޫގަ އެވެ.
މިހާރު ވެސް ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން ލ. ހިތަދޫގެ ދެ ދޯންޏެއްގައި ހޮރައިޒަނުން ވަނީ ވޯޓާ ޕިއުރިފަޔާ ބަހައްޓައިފަ އެވެ. މި ފިލްޓާ ސިސްޓަމްތައް ބޭނުން ކޮށްގެން އުފައްދާ ބޯފެނަކީ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ފެނެއް ކަމަށް ޝާކިރު ވިދާޅުވި އެވެ.
ބްލޫޔޫ ކޮންސަލްޓިން އަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރުމަށް ބާރު އެޅުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމިއްޔާ އެކެވެ.
ހޮރައިޒަންގެ "ޓޫނާ ޕާސްތާ ސޯސް" ދަޅު މާކެޓަށް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
"ހޮންޑާ ރިބެލް" ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ދީފި
އެމްއެޗްއޭއަށް މަލަބާރި ފަރާޓާ އާއި ތަންދޫރި ނާން
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
ވިލާ ހަކަތަ: ކާމިޔާބު 25 އަހަރުން ވަރުގަދަ ނަމެއް
ހަވާއެރުވުމާއެކު އަވަސް އެޕްގެ ހާއްސަ ހަރަކާތެއް