Roadha Mihaaru
އިވަންކާގެ އިންޑިއާ ދަތުރުން މަޖާ ފޮޓޯތަކެއް

އިވަންކާގެ އިންޑިއާ ދަތުރުން މަޖާ ފޮޓޯތަކެއް

03 މާޗް 2020

މިދިޔަ ހަފުތާގައި ބައްޕާފުޅު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ދަރިކަނބަލުން އިވަންކާ އިންޑިއާ އަށް ކުރެއްވި ދަތުރުގެ ވާހަކަ އަށް އަދިވެސް ނިމުމެއް ނާދެ އެވެ. ހާއްސަކޮށް، އޭނާ އާގްރާގެ ތާޖް މަހަލްގެ ކުރިމަތީގައި ނެންގެވި ފޮޓޯތަކާ އެކު، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަނީ މަޖާ ގޮތްގޮތަށް ހަދާފައިވާ އެކިއެކި ފޮޓޯތަކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި ބައްޕާފުޅު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ދަރިކަނބަލުން އިވަންކާ އިންޑިއާ އަށް ކުރެއްވި ދަތުރުގެ ވާހަކަ އަށް އަދިވެސް ނިމުމެއް ނާދެ އެވެ. ހާއްސަކޮށް، އޭނާ އާގްރާގެ ތާޖް މަހަލްގެ ކުރިމަތީގައި ނެންގެވި ފޮޓޯތަކާ އެކު، ސޯޝަލް މީޑިއާގައި މިހާރު ދައުރުވަނީ މަޖާ ގޮތްގޮތަށް ހަދާފައިވާ އެކިއެކި ފޮޓޯތަކެވެ.

އެގޮތުން ތާޖް މަހަލްގެ ކުރިމަތީގައި ފޮޓޯ ނަގާ އިރު އިށީންނަން ބަހައްޓާފައި ހުންނަ މާބްލް އަށިމަތީގައި އިންނަވައި އިވަންކާ ނެގި ފޮޓޯ އަށް ވަރަށް ގިނަ ބަޔަކު އެ މީހުންގެ ސޫރަ އިތުރުކޮޮށް، އިވަންކާގެ ސަމާލުކަން ވެސް ވަނީ ހޯދައިފަ އެވެ.

މީގެ އިތުރުން ވެސް ބައިސްކަލެއްގެ ފަހަތަށް އިވަންކާ އަރުވައިގެން ދާ ފޮޓޯ އާއި އޭނާގެ ކޮނޑަށް ޒުވާނަކު އަތް ލައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތައް ވެސް ހިމެނެ އެވެ.

މިގޮތަށް ހަދާފައި ޓްވިޓާ އަށް ދޫކޮށްލި އެތައް ފޮޓޯއެއް އިވަންކާ ރީޓްވީޓްކޮށް، އެކަންކުރި މީސްމީހުންނަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އެގޮތުން އިވަންކާގެ އުނގަށް ފައިލައިގެން އިންނަ މަންޒަރު ފެންނަ ފޮޓޯއެއް، ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ މަޝްހޫރު ޕަންޖާބީ އެކްޓަރު ދިލްޖީތު ދޮސަންޖް ޓްވިޓާގައި ހިއްސާކުރި އެވެ. މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ގުޑް ނިއުޒް" ގެ ބަތަލު އެ ފޮޓޯގެ ކެޕްޝަނަށް އަހަންނާއި އިވަންކާ ލިޔެފައި ދެން ބުނެފައި ވަނީ ތާޖް މަހަލް ބަލައިލަން ގެންދަން އެދި އިވަންކާ ފަހަތުން އަޅުވައިލުމުން އޭނާ އަށް ތާޖް މަހަލް ދައްކައިލަން ގެންދިޔައީ ކަމަށެވެ.

މި ފޮޓޯ އަށް ރިޕްލައިކުރަމުން އިވަންކާ ވަނީ ތާޖް މަހަލަށް ގެންދިޔަައީތީ ޝުކުރު އަދާކުރައްވާ ކަމަށާއި އިންޑިއާގެ ދަތުރަކީ ހަނދާން ނައްތައިނުލެއްވޭނެ ދަތުރެއް ކަމަށް ވިދާޅުވެފަ އެވެ.