Roadha Mihaaru
މެލޭރިއާ ބޭސް ފޮނުވައިދޭން އިންޑިއާގައި އެދިއްޖެ

ކޮވިޑް-19: މެލޭރިއާ ބޭސް ފޮނުވައިދޭން އިންޑިއާގައި އެމެރިކާ އިން އެދިއްޖެ

07 އެޕްރީލް 2020

ވޮޝިންޓަން (އެޕްރީލް 7) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވީ ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި "މެސެޖަކާ" އެކު އެ ބޭސް އެކްސްޕޯޓް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އެޕްރީލް 7) - މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވީ ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި "މެސެޖަކާ" އެކު އެ ބޭސް އެކްސްޕޯޓް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ އެވެ.

އިންޒާރުގެ މެސެޖެއްގެ ގޮތަށް ޓްރަމްޕް ވަނީ އެ ބޭސް އެކްސްޕޯޓް ނުކުރާ ނަމަ އިންޑިއާ އަށް ވެސް "އޭގެ ބަދަލު" ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ މެސެޖަށް ރައްދު ދިނުމުގެ ބަދަލުގައި އިންޑިއާ އިން ބުނެފައި ވަނީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކަށް ކްލޮރޯކްއީން ފޯރުކޮށްދޭނެ ކަމަށެވެ.

މެލޭރިއާ ބޭސް އިންޑިއާ އިން އެކްސްޕޯޓް ކުރުން މަނާކުރި ދުވަހު (މިދިޔަ އާދިއްތަ ދުވަހު) ޓްރަމްޕް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ފޯނުން ގުޅުއްވައިފަ އެވެ. ޖެހިގެން އައި ދުވަހު އިންޑިއާ އިން ބުނެފައި ވަނީ ޓްރަމްޕުގެ އެދިވަޑައިގަތުމާ މެދު ވިސްނާނެ ކަމަށެވެ.

ހަމަ އެދުވަހު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ މެލޭރިއާ ބޭސް އެކްސްޕޯޓް ކުރުން އިންޑިއާ އިން މަނާކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި މެލޭރިއާ ބޭސް، ހައިޑްރޮކްސީކްލޮރޯކްއީން އަކީ އިތުބާރު ހުރި ބޭހެއް ކަމަށް މެޑިކަލް ތަޖްރިބާކާރުން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް އަށް މިހާރު ވަނީ އެ ބޭސް މާ ކަމުދާ އެއްޗަކަށްވެފަ އެވެ. ޓްރަމްޕް ވަނީ ކޮރޯނާވައިރަހަށް ފަރުވާ ދޭން ހައިޑްރޮކްސީކްލޮރޯކްއީން ބޭނުން ކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގު އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެފްޑީއޭ އިން އެފަދަ ހުއްދައެއް ދީފައެއް ނުވެ އެވެ.