ލައިފްސަޕޯޓުން ހިންގާ ސަފާޔާ ފިހާރައިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
03 މާޗް 2020
ލައިފްސަޕޯޓުން ހިންގާ ސަފާޔާ ފިހާރައިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދުން ފެށިގެން، އަންހެނުންގެ ދުވަސް ކަމަށްވާ މި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ސަފާޔާއިން ކުރާ ކޮންމެ ވިޔަފާރިއަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކުރާ ކޮންމެ ވިޔަފާރިއަކާއެކު ހަދިޔާއެއް ވެސް ލިބޭނެ އެވެ.
ސަފާޔާ ފިހާރައިގެ އިތުރުން ފޭސްބުކް ޕޭޖުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްގެންދާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އެގޮތުން، ފޭސްބުކްގައި ކުރިއަށްދާ ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގެ އެންމެ ފަހު ދުވަހު ބޮޑު އިނާމެއް ދިނުމަށް ނިންމައިފައިވާ ކަމަށް ވެސް ސަފާޔާއިން ބުންޏެވެ.
ސެފާޔާއިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި ލިބޭ ހަދިޔާތައް--
މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންނަށް ސަފާޔާއިން ހުށަހަޅާފައިވަނީ "ބެލާ ސެނިޓަރީ ނެޕްކިން" އާއި "އައިވީ ބެއާ ހެއާ ވިޓަމިން" އާއި "ޓްރެސްމޭ"، "ރިމެލް" އަދި "ވޫޝިން ލެބޮޓެކްގެ ބޮޑީވާމް" ޕެޗުތަކެވެ.
ސަފާޔާއިން ބުނީ އެ ފިހާރައިން ކުރިއަށްގެންދާ މި ޕްރޮމޯޝަނަށް ފަހު ވެސް އިތުރު ޕްރޮމޯޝަންތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އަންހެނުންގެ ދުވަހަށް ލެކިއުޓުން ޑިސްކައުންޓެއް
ޖޮލާޓީން އަންހެނުންގެ ދުވަހަށް ޑިސްކައުންޓާއި ގިވްއަވޭ
އަންހެނުންގެ ދުވަސް: ކޮންމެ ޕިއްޒާއެއް 99ރ. އަށް
ލައިފްސަޕޯޓުން އަންހެނުންގެ އުފެއްދުންތަކުން ޑިސްކައުންޓު
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް
ރެއިންބޯ އިން އަންހެނުންގެ ދުވަހު ހާއްސަ ކެމްޕޭނެއް
ދިވެހި އަންހެނުންނަށްޓަކައި ގައުމު ފަހުރުވެރިވޭ: ރައީސް
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް