Roadha Mihaaru
ޖޮލާޓީން އަންހެނުންގެ ދުވަހަށް ޑިސްކައުންޓާއި ގިވްއަވޭ

ޖޮލާޓީން އަންހެނުންގެ ދުވަހަށް ޑިސްކައުންޓާއި ގިވްއަވޭއެއް

08 މާޗް 2023

ސެންޓު ވިއްކާ އޮންލައިން ޕޭޖު "ޖޮލާޓީ" އިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސެންޓު ވިއްކާ އޮންލައިން ޕޭޖު "ޖޮލާޓީ" އިން އަންހެނުންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި، އެ ޕޭޖުން ވިއްކާ އަންހެނުންގެ ހުރިހާ ސެންޓަކުން 20 ޕަސެންޓާ ހިސާބަށް ޑިސްކައުންޓް ދޭނެ އެވެ.

ޖޮލަޓީން ބުނިގޮތުގައި މަޝްހޫރު އެކި ބްރޭންޑުތަކުގެ އަންހެން ސެންޓު އެ ޕޭޖުން ލިބޭނެ އެވެ. އެއީ ވަރަށް ގިނައިރު ވަންދެން ވަސް ދެމިހުންނާނެ ސެންޓުތަކެއް ކަމަށް ވެސް އެ ޕޭޖުގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ގިވްއަވޭ ޕޯސްޓު

އަންހެނުންގެ ދުވަހާ ގުޅުވައިގެން، އަރްމާނީ ސެންޓުފުޅިއެއް ހުށަހަޅާ ގިވްއަވޭއެއް ވެސް މިއަދު ވަނީ ޖޮލާޓީ ޕޭޖުން ފަށައިފަ އެވެ. އެ ގިވްއަވޭގައި ވެސް މި މަހުގެ 15 ގެ ނިޔަލަށް ބައިވެރިވެވޭނެ އެވެ.

ގިވްއަވޭގައި ބައިވެރިވެވޭނީ ގިވްއަވޭ "ޖޮލާޓީ" ޕޭޖަށް އިންސްޓަގްރާމް އަދި ފޭސްބުކުން ފޮލޯ ކޮށް، ގިވްއަވޭ ޕޯސްޓަށް ލައިކްކޮށް، ފަސް އަންހެން ރައްޓެހިން ޓެގްކޮށް، އެ ޕޯސްޓު ޝެއާ ކުރުމުންނެވެ.