04 މާޗް 2020
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ބޮޑުމޮހޮރާ ދިނީ 42.3 މިލިއަން ރުފިޔާ (2.7 މިލިއަން ޑޮލަރު) ގެ އިކުއިޒިޝަން ފީއަކަށް ކަމަށާއި މިހާތަނަށް ސަރުކާރަށް ދެއްކީ 8.4 މިލިއަން ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ބޮޑުމޮހޮރާ ދިނީ 42.3 މިލިއަން ރުފިޔާ (2.7 މިލިއަން ޑޮލަރު) ގެ އިކުއިޒިޝަން ފީއަކަށް ކަމަށާއި މިހާތަނަށް ސަރުކާރަށް ދެއްކީ 8.4 މިލިއަން ރުފިޔާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޖާބިރަށް ބޮޑުމޮހޮރާ ދިނީ 2013 ވަނަ އަހަރު ހަދާފައިވާ އެގްރީމެންޓާ އެއްގޮތަށް ކަމަށެވެ. މިހާތަނަށް އިކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދެއްކެވި އަދަދަކީ ޖުމްލަ އަދަދުގެ 20 ޕަސެންޓެވެ. ބާކީ 33.9 މިލިއަން ރުފިޔާ ދައްކަން ޖެހޭނީ ރިސޯޓު ހުޅުވާތާ ފަސް އަހަރުގެ ތެރޭގަ އެވެ.
މި އެގްރީމެންޓްގެ ދަށުން ސީއެސްއާރު ޕްރޮޖެކްޓެއް ހިމަނާފައި ނުވިޔަސް އިކުއިޒިޝަން ކޮސްޓްގައި ސީއެސްއާރުގެ ފައިސާ ވެސް ވަނީ ހިމަނައިފަ އެވެ.
ޖާބިރަށް ބޮޑުމޮހޮރާ ދިނީ 50 އަހަރަށެވެ. ރިސޯޓު އެޅުމަށް 36 މަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަ މަސް ތެރޭ ނިމޭނެ ކަމަށް އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވި އެވެ.
ވ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ ވަނީ 1999 ވަނަ އަހަރުން 2009 ވަނަ އަހަރަށް މެރިން ރީސާޗު ސެންޓަރުގެ ތަހުލީލުތަކަށް ބޭނުންކޮށްފަ އެވެ. ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ރީސާޗު ސެންޓަރުގައި ފާނަ އާލާކުރުމާއި އިތާ މުއި އާލާ ކުރުމުގެ މަސައްކަތްތައް ކުރި އެވެ.
ހިތްގައިމު ބޮޑު ފަޅެއް އޮންނަ އެ ރަށުގައި 2010 ވަނަ އަހަރު މެރިން ކަލްޗާގެ ދާއިރާ އިން އިންވެސްޓްކުރަން ދިގު މުއްދަތަކަށް ދޭން ބީލަމަށް ހުޅުވާލި އެވެ. ނަމަވެސް އެ ސިޔާސަތު ބަދަލުވެ 2011 ވަނަ އަހަރު ރިސޯޓު ހަދަން ދޭ ހަ ރަށެއްގެ ތެރޭގައި ބޮޑުމޮހޮރާ ހިމަނައި އިއުލާނު ކުރި އެވެ.
އޭރު ބޮޑޮމޮހޮރާ ދޭން އުޅުނީ މެރިން ޓެކްނޮލޮޖީޒް އަށެވެ. އެކަމަކު ޖާބިރު ފަހުން ވަނީ އެ ކުންފުނި ބައްލަވައިގެންފަ އެވެ. މިހާރު އެއީ ޖާބިރުގެ 90 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ނުނިމި ދިގުލައިގެން ދިޔަ އެވެ. އަދި ކޯޓުން ހުކުމް ކުރުމުން މެރިން ޓެކްނޮލޮޖީސްއާ ރަށް ހަވާލު ނުކޮށް ހިފެހެއްޓި އެވެ. އެންމެފަހުން، އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަމުރު ކުރެއްވުމުން ކުރީގެ ސަރުކާރުގައި ސުޕްރީމް ކޯޓުން އެ އަމުރު ބާތިލްކޮށް، ގާޒީ ވެސް ސަސްޕެންޑްކުރި އެވެ.
މިދިޔަ ހަފުތާގައި އެގްރީމެންޓްގައި ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ބޮޑުމޮހޮރާގައި "ޖާބިރު ހެޕީ ކްލަބް" ގެ ނަމުގައި ކުރިއަށްގެންދާނީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ފަދަ ރިސޯޓެއް ތަރައްގީ ކުރާނެ އެވެ.
ޖާބިރަށް ރިސޯޓު ދިނުމާ ހިތްހަމަ ނުޖެހި އެ އަތޮޅުގެ ރައްޔިތުން އަންނަނީ ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ.
ޖާބިރަށް ބޮޑުމޮހޮރާ ދޭތީ އަތޮޅު ރައްޔިތުން ދެކޮޅުހަދަނީ
ޖާބިރަށް ދިން ފަޅުގައި ލަގްޒަރީ ރިސޯޓެއް ހަދަނީ
ޖާބިރަށް އެންމެ ފަހުން ބޮޑުމޮހޮރާ ދީފި
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް
ސްޕޯޓްސް ޓޫރިޒަމަށް ޔުވެންޓަސްއާއެކު މަޝްވަރާ ކޮށްފި
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
މަސައްކަތް ނުހިނގާ 22 ރަށެއް އަތުލަން ލަފާ ހޯދަނީ
ދުރު އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ލުއި ދެނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު