Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވާލެވުނީ ކީއްވެ؟

އިޓަލީ މީހާ ބަލިވެ ހުއްޓާ ފުރުވައިލެވުނީ ކީއްވެ؟

09 މާޗް 2020

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބެލުމުގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބެލުމުގެ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަކު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ މެނޭޖްމަންޓުން ގަސްދުގައި ކުރި ކަމެއްތޯ ނުވަތަ އޮޅިގެން ހެދުނު ގޯހެއްތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ ކަން ހިނގި ގޮތް އެނގޭނީ "ތަހުގީގު ނިމުމުން" ކަމަށެވެ.

ކުރެއްދޫ ރިސޯޓްގެ ބޭރު ޑޮކްޓަރުގެ ކިބައިން ވެސް ފެންނަން ފެށީ ކޮރޯނާވައިރަސް އިން ޖައްސާ ކޮވިޑް-19 ބަލީގެ އަސަރުތައް ކަމަށް ލަފާކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މައްސަލަ ގެނައީ، އިޓަލީގެ ދަތުރުވެރިޔާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަސް އަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމާ އެކު އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ 12 މީހުންގެ ގްރޫޕަކާ އެކު ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެކެވެ. ރިސޯޓުން އޭރު ފުރުވައިލީ އޭނާ އެކަނިތޯ ނުވަތަ ގްރޫޕާ އެކުގައިތޯ، ކަށަވަރެއް ނުވެ އެވެ.

އިއްޔެ ބޭއްވި ނިއުސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އިއްޔެ ބޭއްވި ނިއުސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އިޓަލީ އަކީ ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ ގައުމަށް ވުމާ އެކު އިޓަލީގެ ޓޫރިސްޓަކު ހުން އައިސް ބަލިވެ އުޅުނު ވަގުތު އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމުގެ ގެއްލުން މުޅި ރިސޯޓްގެ އިތުރުން ރާއްޖެ އަށް ވެސް މި ވަނީ ކުރިމަތިވެފަ އެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފުންނާ ބައްދަލުވެފައި ތިބި މީހުންގެ އަދަދު 173 އަށް އަރާފައިވާ ކަމަށެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވި ގޮތުގައި އިޓަލީގެ ފަތުރުވެރިޔާގެ މައްސަލާގައި "އިހުމާލްވި ފަރާތެއް ވާ ނަމަ ފިޔަވަޅު އަޅާނެ" އެވެ.

"އިޓަލީ މީހާ ފުރައިގެން ދިޔަ ގޮތް ތަހުގީގު ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެ ތަހުގީގު ނިމުނީމާ އެނގޭނެ ވީ ގޮތް."

އިހުމާލު ވެއްޖެ ނަމަ ޖިނާއީ ތަހުގީގަކަށް ދާނެ. މި ކަހަލަ ކަންކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެ: އަލީ ވަހީދު

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ތަހުގީގަކާ ހަމައަށް ދާން ޖެހުނީ ރާއްޖެއިން ފުރިއިރު ބަލީގެ އަލާމާތްތައް އޭނާގެ ކިބައިގައި ހުރުމާއި އޭގެ ފަހުން ރިސޯޓްގެ ދެ މުވައްޒަފަކު ވައިރަސް އަށް ޕޮޒިޓިވްވުމުންނެވެ.

"ބަލީގެ އަލާމާތްތައް ހުރެފައި އޭނާ ރާއްޖެއިން ދިޔަކަން އެނގޭ. އެހެންވެ ތަހުގީގުކުރަން ޖެހުނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

"އިހުމާލު ވެއްޖެ ނަމަ ޖިނާއީ ތަހުގީގަކަށް ދާނެ. މި ކަހަލަ ކަންކަމުގައި ފަރުވާކުޑަކޮށްގެން ނުވާނެ."

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުން ހިމެނެ އެވެ. ދެން އުޅެނީ 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުންނެވެ.